ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 18:24
ހުޅުމާލެ - ގުޑީސް މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު
ހުޅުމާލެ - ގުޑީސް މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: ގުޑީސް ބަލިކޮށް ހުޅުމާލެ ތިންވަނަ ސެމީއަށް
ތިންވަނަ ސެމީގައި ހުޅުމާލެ ނިކުންނާނީ ސިފައިންނާ ދެކޮޅަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް ހުޅުމާލޭ ސްޕޯޓްސް މުބާރާތުގެ ތިންވަނަ ސެމީން ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ދެވަނަ ސެމީގައި ގުޑީސްގެ މައްޗަށް ހުޅުމާލޭ ސްޕޯޓްސް އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ހުޅުމާލެއިން ގެންދިޔައީ 20-25، 24-26 އަދި 19-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުމާލޭގެ އިސްމާއިލް ސާޖިދުއެވެ.

ތިންވަނަ ސެމީގައި ހުޅުމާލެއިން ނިކުންނާނީ ފުރަތަމަ ސެމީގައި ޕޮލިސް ކްލަބް އަތުން ބަލިވި ސިފައިންނާ ދެކޮޅަށެވެ. ޕޮލިސް އަތުން ސިފައިން ބަލިވީ ތިން ސެޓް ދެ ސެޓުންނެވެ.

މުބާރާތުގެ ތިންވަނަ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް