ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 18:23
މެސީ އަށް އަނިޔާވެގެން ދަނޑުމަތިން ބާލަނީ
މެސީ އަށް އަނިޔާވެގެން ދަނޑުމަތިން ބާލަނީ
ރޮއިޓަރސް
ލިއޮނެލް މެސީ
އަތަށް އަނިޔާވެ ކްލެސިކޯ މެޗުގައި މެސީ އަށް ނުކުޅެވޭނެ
މެސީ ވަނީ ތިން ހަފްތާއަށް ކުޅުމާ ދުރަށް ގޮސްފައި

އަތަށް އަނިޔާވުމުގެ ސަބަބުން ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރާ "އެލް ކްލެސިކޯ" މެޗުގައި ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސެވިއްޔާއާ އަތުން 2-4 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު މެސީ އަށް އަނިޔާވީ ސެވިއްޔާގެ ފްރާންކޯ ވަސްކުއޭޒްއާ މުޑިއަރައި، އަތްމައްޗަށް ވެއްޓިގެންނެވެ. އެގޮތުން އޭނާގެ އަތުގައި ވަނީ ރެނދެއް ލާފައެވެ.

މި އަނިޔާއާއެކު މެސީ ތިން ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު މުހިއްމު ދެ މެޗެއް ގެއްލޭނެ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗާއި އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ވަނީ ކުޅުނު 12 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ބާސާ އަށް ލަނޑުތަކެއް ކާމިޔާބުކޮށްދިނުމަށްވެސް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް