ޕްރިމިއާ ލީގުގައި ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލިއިރު، ހަޑަސްފިލްޑް ޓައުން ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ބާންލީއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ 17 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.
މި ލަނޑަށްފަހުވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ބާންލީގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.
A day for the lefties!
— Manchester City (@ManCity) October 20, 2018
Seven left-footers involved for #mancity today.
But who's our best-ever left footed player? ? pic.twitter.com/z9yMWc1pUt
ދެވަނަ ހާފް ފެށިގެންވެސް ސިޓީގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ލީޑު ފުޅާކުރީ 54 ވަނަ މިނެޓުގައި ފެނާންޑީނިއޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ދެ މިނެޓު ފަހުން ފެނާންޑީނިއޯ ވަނީ ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ސިޓީން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، މި ލަޏޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހުރޭޒްއެވެ. މެޗުގެ އިތުރުވަގުތުގައި ސިޓީގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ ލީރޯއި ސާނޭއެވެ.
މި ނަތީޖާއާއެކު ސިޓީ ވަނީ ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.
Liverpool have become just the fourth side to win 200 #PL away matches after Man Utd, Chelsea & Arsenal pic.twitter.com/oij0rxJWSZ
— Premier League (@premierleague) October 20, 2018
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ހަޑަސްފިލްޑްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެެވެ.
މެޗުގައި ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފުރަތަމަ ހާފްގައި ފެނިގެންގޮސްފައިވާއިރު، އެޓީމުން މެޗުގެ ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުއެވެ.
މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލަނޑު ޖެހުމަށް މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ހަޑަސްފިލްޑަށްވެސް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ އެއްވަނައިގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. ސިޓީއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. މެޗުން ބަލިވި ހަޑަސްފިލްޑް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.
That header #COYS pic.twitter.com/cNriFXSghG
— Tottenham Hotspur (@SpursOfficial) October 20, 2018
ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް ހޮސްޓްސްޕާއިން ވަނީ 0-1 ގެ ނަތީޖާއިން ވެސްޓްހޭމް ޔުނައިޓެޑުގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 44 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ އެރިކް ލަމެލާއެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ވެސްޓްހޭމް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.