ކ. މާލެ
|
21 އޮކްޓޯބަރ 2018 | އާދީއްތަ 22:24
ޕޮލިސް އަދި ސިފައިން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ މުރާދް (ވ)
ޕޮލިސް އަދި ސިފައިން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ މުރާދް (ވ)
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިފައިން ބަލިކޮށް ޕޮލިސް ފައިނަލަށް
ޕޮލިހުން މެޗު ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން

ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ސިފައިންގެ ކްލަބް ބަލިކޮށް ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗު ސިފައިންނާ ވާދަކޮށް ޕޮލިހުން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓު ދެ ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 18-25 އިން ޕޮލިސް ގެންގޮސްފައިވާއިރު، ދެވަނަ ސެޓް 23-25 އިން ގެންދިޔައީ ސިފައިންނެވެ. ތިންވަނަ ސެޓު 15-25 އިން ސިފަން ގެންގޮސް ފަހަތުން އެރިއެވެ.

އެހެންނަމަވެސް ޖެހިގެން އައި ހަތަރުވަނަ ސެޓު ޕޮލިހުން ވަނީ 18-25 އިން ކާމިޔާބުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުވެސް ޕޮލިހުން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 12-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސްގެ ބިދޭސީ ކުޅުންތެރިޔާ މުރާދް ޖީހަންއެވެ.

މި ނަތީޖާއާ އެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު، ސިފައިން ޖެހޭނީ ތިންވަނަ ސެމީގައި ކުޅޭށެވެ. ތިންވަނަ ސެމީގައި ސިފައިން ބައްދަލުކުރާނީ މިރޭ ދެވަނަ ސެމީގައި ގުޑީސް ސްޕޯޓްސް ކްލަބް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް