ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 15:56
2016 ވަނަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން
2016 ވަނަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން
ފޭސްބުކް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކޮށްފި
މުބާރާތުގައި 11 އިވެންޓް ހިމެނޭ
އަންހެން ބައި އުނިކުރީ ތަރުހީބު ނުލިބުމުން

ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ، މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުން އަންހެން ބައި އުނިކުރަން ނިންމާފައިވާ ކަމަށާއި، މިގޮތަށް ނިންމީ ކްލަބްތަކުން ތަރުހީބު ނުލިބުމުން ކަމަށެވެ.

މުންތަގިމް ވިދާޅުވީ، މުބާރާތުގައި އަންހެން 11 އިވެންޓު ހިމެނޭއިރު، ގަވައިދު ބުނާގޮތުން ކޮންމެ އިވެންޓެއްގައި މަދުވެގެން ތިން ކްލަބް ބައިވެރިވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ، މުއްދަތު ހަމަވިއިރު ދެ ކްލަބަށް ވުރެ ގިނަ އިން ބައިވެރިވެފައި ވަނީ އެންމެ ތިން އިވެންޓެއްގައި ކަމަށެވެ.  

މުބާރާތުން އަންހެން ބައި އުނިކުރަން ނިންމާފައިވާއިރު، 100 މީޓަރު ދުވުމުން ބައިވެރިވާން ކްލަބްތަކުން ނަން ފޮނުވާފައި ވަނީ ހަތަރު އެތުލީޓުންގެއެވެ. 200 މީޓަރު ދުވުމުން ތިން އެތުލީޓުންގެ ނަން ފޮނުވިއިރު، 400 މީޓަރު ދުވުމުން ފޮނުވާފައި ވަނީ ވެސް ތިން އެތުލީޓުންގެ ނަމެވެ.

800 މީޓަރު ދުވުމުން ވެސް ތިން އެތުލީޓުންގެ ނަން ފޮނުވާފައިވާއިރު، 1500 މީޓަރު ދުވުމުން ފޮނުވާފައި ވަނީ ފަސް ކުދިންގެ ނަމެވެ. އަދި 5000 މީޓަރު ދުވުމުން ފޮނުވާފައި ވަނީ ވެސް ފަސް ކުދިންގެ ނަމެވެ. އެހެންނަމަވެސް މި ހަ ކެޓަގަރީން ވެސް ދެ ކްލަބަށް ވުރެ ގިނަ ކްލަބުން އެތުލީޓުން ބައިވެރިކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ތޮލާލް ވިދާޅުވީ، މީގެ ސަބަބުން އެސޯސިއޭޝަން އަދި ގައުމީ އެތުލީޓުންނަށް ގެއްލުން ވާނެ ކަމަށެވެ. އެގޮތުން ކްލަބްތަކުން މުބާރާތުގައި އެތުލީޓުން ބައިވެރިނުކުރި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް ތޮލާލް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހު އައްޑޫ ސިޓީގައި އެސޯސިއޭޝަނުން ބޭއްވި ނެޝަނަލް ގްރޯން ޕްރީ މުބާރާތުގެ ކޮންމެ އިވެންޓެއްގައި ވެސް އަށް އަންހެން އެތުލީޓުން ބައިވެރިވިއެވެ.

- ކޮމެންޓް