ކ. މާލެ
|
20 އޮކްޓޯބަރ 2018 | ހޮނިހިރު 13:24
ހުޅުމާލެ އަދި ހޯކްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އަޝްފާގް އާދަމް (ކ)
ހުޅުމާލެ އަދި ހޯކްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އަޝްފާގް އާދަމް (ކ)
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިފައިން، ގުޑީސް، ޕޮލިސް އަދި ހުޅުމާލެ ސެމީއަށް
ޕޮލިސް އާއި ސިފައިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި
ޕޮލިސް ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި
ސިފައިން ސެމީ އަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ސެމީފައިނަލުން ސިފައިންގެ ކްލަބާއި، ގުޑީސް ސްޕޯޓްސް ކްލަބާއި، ޕޮލިސް ކްލަބް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފަހު މެޗުގައި ހުޅުމާލެއިން ވަނީ ސީދާ ތިން ސެޓުން ހޯކްސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓްތައް ހުޅުމާލެއިން ގެންދިޔައީ 14-25، 15-25 އަދި 14-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުމާލޭގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެސޯސިއޭޝަން ކަޕްގެ ސެމީން ޕޮލިސް ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައެވެ. އެ ގްރޫޕުން ދެވަނައިގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ހުޅުމާލެއެވެ. ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ސިފައިން ސެމީން ޖާގަ ހޯދިއިރު، ގުޑީސް ސެމީއަށް ދަތުރުކުރީ ދެވަނައިގެ ގޮތުގައެވެ.

މުބާރާގެ ފުރަތަމަ ސެމީގައި ބައްދަލު ކުރާނީ ސިފައިން އަދި ޕޮލިހެވެ. މި ދެޓީމުވެސް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން އަދި ބަލިނުވެއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީން ސީދާ ޖާގަ ލިބޭއިރު، ބަލިވާ ޓީމު ޖެހޭނީ ތިންވަނަ ސެމީގައި ކުޅޭށެވެ.

މުބާރާތުގެ ދެވަނަ ސެމީގައި ކުޅޭނީ ގުޑީސް އާއި ހުޅުމާލެއެވެ. މި މެޗުން މޮޅުވާ ޓީމެއް ބައްދަލު ކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާއެވެ.

ފުރަތަމަ ސެމީ ހޮނިހިރު ދުވަހު ހަވީރު ކުޅޭއިރު، ދެވަނަ ސެމީ ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ. ތިންވަނަ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް