ކ. މާލެ
|
19 އޮކްޓޯބަރ 2018 | ހުކުރު 11:13
ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް
ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް
މިހާރު
ޑަރެން ސްޓެވާޓް
ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓް މަރުވެއްޖެ
ސްޓެވާޓް މަރުވިއިރު އޭނާގެ އުމުރުން 52 އަހަރު

ރާއްޖޭ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް މަރުވެއްޖެއެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ސްޓެވާޓް ރޭ މަރުވެފައިވާއިރު، އެންމެ ފަހުން އޭނާ އިރުޝާދު ދީފައިވަނީ ވެސް ރާއްޖޭ ގައުމީ ޓީމަށެވެ. އޭނާ މަރުވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ވަގުތީ އެއްބަސްވުމެއްގެ ދަށުން ސްޓެވާޓް ހަވާލުވީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ މާޗު މަހު އެފްއޭއެމުން ވަނީ ސްޓެވާޓްގެ އެއްބަސްވުން އާކޮށްފައެވެ. އޭނާގެ އެއްބަސްވުން އެފްއޭއެމުން އާކުރީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި، ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމަށް ޓާގެޓް ކުރުމަށް ފަހުއެވެ.

އެހެންނަމަވެސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ސްޓެވާޓްގެ އެއްބަސްވުން އޭނާއާ ވާހަކަދެއްކުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެފްއޭއެމުން ވަނީ އުވާލާފައެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފައެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އަދި އޭނާ ވަނީ 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފައެވެ.

ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅެފައެވެ.

- ކޮމެންޓް