ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 12:52
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެޓީވީ އަށް ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަނީ
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެޓީވީ އަށް ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖެޓީވީ
އެންމެ މަޤުބޫލް ޓީވީ އަކީ ރާއްޖެޓީވީ: އިބޫ
ނޫސްވެރިކަމުގެ ބިރުވެރިކަން ތަޖުރިބާ ކުރި އެއްތަނަކީ ރާއްޖެޓީވީ
އަޅުގަނޑުވެސް މިހާރު ވެސް ކޮންމެ ދުވަހަކު ހެނދުނު ހޭލާފައި އެންމެ ފުރަތަމަ ވެސް ހުޅުވާލަނީ ރާއްޖެޓީވީ
ތިކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން

އެންމެ މަޤުބޫލް ޓީވީ އަކީ ރާއްޖެޓީވީ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ މުވައްޒަފުންނަށް ބައްދަލު ކުރެއްވުމަށް ރާއްޖެޓީވީ އަށް ޒިޔާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން އޮތުމަކީ އަބަދުވެސް ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށާއި ނޫސްވެރިކަމުގެ އެންމެ ބިރުވެރި ދުވަސްވަރު އެކަމުގެ ތެރޭގައި ހަރަކާތްތެރި ވެވަޑައިގަތުމުން އެކަމުގެ ނުރައްކާ ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ.

ސޯލިހް ވިދާޅުވީ ނޫސްވެރިކަމުގެ ބިރުވެރިކަން ތަޖުރިބާ ކުރި އެއްތަނަކީ ރާއްޖެޓީވީ ކަމަށެވެ.

"އެގޮތުން އެންމެ ބޮޑަށް އޭގެ އަސަރު ކުރި އެއްތަނަކީ ރާއްޖެޓީވީ، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކުރިމަތިވެގެން އައިރު ރާއްޖެޓީވީ ތަހަންމަލު ކުރަމުންދިޔަ ކަންތައްތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެނިގެންދިޔަ ކަންތައްތައް އެހެންނަމަވެސް ފަހަތަށް ނުޖެހި ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ހިންގުންތެރިން ކުރި މަސައްކަތުގެ ނަތީޖާ އެއީ ދިވެހި ރާއްޖޭގައި މިވަގުތު އޮތް އެންމެ މަޤުބޫލު އެންމެ ގިނަ ބަޔަކު ބަލާ ޗެނަލް އަކީ ރާއްޖެޓީވީއަށް ވެގެންދިޔުން" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެސް ބައްލަވާ ޗެނަލަކީ ރާއްޖެޓީވީ ކަމަށެވެ.

"އަޅުގަނޑުވެސް މިހާރު ވެސް ކޮންމެ ދުވަހަކު ހެނދުނު ހޭލާފައި އެންމެ ފުރަތަމަ ވެސް ހުޅުވާލަނީ ރާއްޖެޓީވީ އެއީ އަޅުގަނޑަށް ރާއްޖޭގެ މައުލޫމާތުތައް އެންމެ ފުރަތަމަ ލިބިގެންދާ ވަސީލަތަކީ. ތިބޭފުޅުން ތިކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން" ސޯލިހް ވިދާޅުވިއެވެ.

     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 އޮކްޓޯބަރ 2018 | ބުރާސްފަތި 08:06
ސީޓޭ
އެންމެ މަޤްބޫލު ޗެނެލް އަކީ ރާއްޖެ ޓީވީ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރަން. ރާއްޖެ ޓީވީގެ ،ހީވާގި، ބިރުކުޑަ އެންމެހާ މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ކިޔަން. އިބޫ އެ ވިދާޅިވީ ހަމަ ތެދެއް. އަޅުގަނޑުވެސް އެންމެ ހެނދުނާ ބަލާ ޗެނެލް އަކީ ރާއްޖެ ޓީވީ. ޚާއްސަކޮށް އާމިރު ގެ "މަޖާ" އެހެނަސް މުހިންމު ވާހަކަތަކެއް.