ކ. މާލެ
|
3 ފެބްރުއަރީ 2017 | ހުކުރު 20:25
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ގޫގުލް
އުތުރު ކޮރެއާ
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
އުތުރު ކޮރެއާއިން ކުރި ފަސްވަނަ ނިއުކްލިއާ ޓެސްޓް މިދިޔަ އަހަރު ވަނީ ކޮށްފަ

އެއްވެސް ބޭނުމެއްގައި އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ އާ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.

 

މެޓިސް މިހެން ވިދާޅުވީ ޖަޕާނުގެ ޓޯކިޔޯއަށް ފުރާވަޑައިގަތުމުގެ ކުރިން ދެކުނު ކޮރެއާގައި ހުންނަވާ ވާހަކަ ދައްކަވަމުންނެވެ. ދެކުނު ކޮރެއާ އަށް ހިއްވަރުދެއްވާ ވާހަކަފުޅުދައްކަވަމުން މެޓިސް އިތުރަށް ވިދާޅުވީ މިއަހަަރު ފަހުކޮޅު ދެކުނު ކޮރެއާގައި އެމެރިކާއިން މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރާނެ ކަމަށެވެ.

 

އުތުރު ކޮރެއާއިން ތަކުރާރުކޮށް މިސައިލް ޓެސްޓް ކުރުމާއި އަދި ނިއުކްލިއާ ޓެސްޓްތައް ކުުރުމުގެ ސަބަބުން އެގައުމު ނިސްބަތްވާ ސަރަހައްދުގައި ވަނީ ރުޅިވެރިކަން އުފެދި ހަމަނުޖެހުން އިތުުރުވެފައެވެ.

 

އުތުރު ކޮރެއާއިން ކުރި ފަސްވަނަ ނިއުކްލިއާ ޓެސްޓް މިދިޔަ އަހަރު ކޮށްފައިވާއިރު އެކަމާ ބެހޭގޮތުން އުތުރު ކޮރެއާ އިން ބުނެފައިވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަމަލާއެއް އެމެރިކާއަށް ދެވިދާނެ ގާބިލުކަން އެބަހުރި ކަމަށެވެ. އެހެން ނަަމަވެސް ކަމާބެހޭ މާހިރުން މިކަމާ ދެބަސްވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް