ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ އަށް އަހަރުގެ ދަރިފުޅުގެ ގައިގައި ދަތް އަޅާ މަރާލި ކުއްތާ މިހާރު މަރާލައިފައިވާ ކަމަށް ގެމްބިއާގެ ސަރުކާރުން ބުނެފިއެވެ.
ރައީސް އަޑަމާ ބަރޯގެ އަށް އަހަރުގެ ދަރިފުޅު ހަބީބު މަރުވީ އޭނާގެ ތިމާގެ މީހެއްގެ ގޭގައި އުޅެނިކޮށް ކުއްތާއެއް ދަތް އަޅައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިހާދިސާ ހިނގީ ގެމްބިއާގެ ބަންޖުލްގައި ހުންނަ އަށްސޭރިފަށުގެ ރިޒޯޓެއްގައެވެ. ހާދިސާ ހިނގި ވަގުތު ރައީސް އަޑަމާ ބަރޯ ހުންނެވީ އޭނާގެ ރަށްކަލަކަށްޓަކައި ސެނެގާލްގައެވެ. އެއީ އޭރުގެ ރައީސް ޔަހްޔާ ޖަމްމޭހު ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށް ވިދާޅުވުމުން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ.
ރައީސް އަޑަމާ ބަރޯގެ ދަރިފުޅުގެ ގައިގައި ކުއްތާ ދަތްއެޅި ސަބަބެއް ނޭނގޭއިރު އޭނާގެ ފަސް ދަރިން ތިބެއެވެ. ރިޕޯޓުތައް ބުނާގޮތުން އަޑަމާ ބަރޯގެ ދަރިފުޅު މަރުވީ ބޮލުގައި ކުއްތާ ދަތް އެޅުމުގެ ސަބަބުންނެވެ.