ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 18:35
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން
ފޭސްބުކް
އިންތިހާބާ ގުޅޭ މައްސަލަ
އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލަ އިނުގަތުމުން އިތުބާރު ބޮޑުވާނެ: ފާއިޒު
ސިއްރު ހެކި ބަލައި ނުގަތުމަކީ ރާއްޖޭގެ އިންތިހާބާއި ގުޅޭ އިންސާފުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް
އިސްލާމްދީން ވެސް ސިއްރު ހެކި ބަލައި ނުގަތުމަށް ބާރު އަޅާ

އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައި ނުގަތުމުން އިންތިހާބާ ގުޅޭ އިންސާފުގެ ނިޒާމަށް އިތުބާރު ބޮޑުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައި ނުގަތުމަކީ ރާއްޖޭގެ އިންތިހާބާއި ގުޅޭ އިންސާފުގެ ނިޒާމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެއީ އިންތިހާބީ މައްސަލަތަކާއި މެދު އިތުބާރު ބޮޑުވެގެންދާނެ ކަމަށް ކަމަށެވެ.

ފާއިޒް އިތުރަށް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށް، އެމަނިކުފާނު ބެއްލެވި ކަންކަމުގެ ތެރެއިން އެއްކަމަކީ އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކީގެ މައްޗަށް އިންތިހާބެއް ބާތިލް ކުރެވިދާނެ ކަމަށް ދެކެވަޑައި ނުގަތުން ކަމަށެވެ. 

އިންތިހާބީ މައްސަލަތައް ބެލުމުގައި ސިއްރު ހެއްކަށް ބުރަވުމަށް އިންތިހާބާ ބެހޭ ޤާނޫނު ތަން ނު ދޭކަން ފާހަގަކުރައްވާ ފާއިޒް ވިދާޅުވީ އިސްލާމް ދީން ވެސް ސިއްރު ހެކި ބަލައިނުގަތުމަށް ބާރު އަޅާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިން މިދިޔަ ރިޔާސީ އިންތިހާބު ބާތިލްކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވި ހެކިންގެ ހެކިބަސް ބަލައި ނު ގަތުމަށް ސުޕްރީމް ކޯޓުން ނިންމާ، އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ވަނީ އަންގާރަ ދުވަހު ނިންމާލާފައެވެ.

ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފުރަތަމަ ވެސް އިއުލާން ކުރެއްވީ ރައީސް އަބްދުﷲ ޔާމިން ހުށައެޅުއްވި ހެކިންގެ ހެކިބަސް ނަގަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ފަނޑިޔާރުންނަށް ގަބޫލު ނުކުރެއްވޭތީ ހެކިބަސް ނުނެގުމަށް އެ މަޖިލީހުން ނިންމެވި ވާހަކައެވެ. 

ފާއިޒަކީ 2013 ވަނަ އަހަރުގެ އިންތިހާބާއި ގުޅިގެން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އިންތިހާބު ބާތިލު ނުކުރަން ރައުޔު ނެރުއްވި ފަނޑިޔާރެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް