މޯލްޑިވްސް ޓެނިސް އެކަޑެމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2018 ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް ޓެނިސް އެކަޑެމީގެ ފަރާތުން ފުރަތަމަ ފަހަރަށް ބާއްވާ މި މުބާރާތް އޮންނާނީ އޮކްޓޫބަރު މަހުގެ 18-26 އަށް ޓެނިސް އެސޯސިއޭޝަންގެ ކޯޓުތަކުގައެވެ.
ހަތް ބަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ގުރުއަތު ނެގުން މި މަހުގެ 13 ވީ ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ހަތް ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 159 ކުޅުންތެރިން ބައިވެރިވާނެއެވެ.
މި މުބާރާތް ބަހާލާފައި ވަނީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް އަދި 12 އަހަރާއި 14 އަހަރުގެ ދަށާއި 16 އަހަރުން ދަށުގެ އުމުރުފުރާގެ ގްރޫޕްތައް ހިމެނޭ ގޮތަށެވެ. މީގެ ކޮންމެ އުމުރު ފުރައެއްގައި ވެސް، ފިރިހެން އަދި އަންހެން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އޯޕެން ކެޓަރީގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ބައިވެރިވެއެވެ.
މޯލްޑިވްސް ޓެނިސް އެކަޑެމީގެ ފަރާތުން ފުރަތަމަ ފަހަރަށް ބާއްވާ ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2018 ގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިން ވެސް ބައިވެރިވެއެވެ.
އެގޮތުން މޯލްޑިވްސް ޓެނިސް އެކަޑެމީގެ ޚާއްސަ ދައުވަތަކަށް ސްރީލަންކާގެ 10 ކުޅުންތެރިއަކު ބައިވެރިވެއެވެ.