ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 05:30
އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ
އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ
އެމްއެންޑީއެފް
ދޯނީގެ އިންޖީނު ހުއްޓުން
އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
ހުދަންބަރު 12 ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓުނީ
އިންޖީނު ހުއްޓިފައިވަނީ ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އެއް ބެޓެރި އަނދައި ބެޓެރި ސެޓް ފެއިލްވުމާއި ގުޅިގެން

ދަތުރުކުރަމުން ދިޔަ "ހުދަންބަރު 12" ނަމަކަށް ކިޔާ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހދ. މަކުނުދޫ ހުޅަނގުއުތުރުން 83 މޭލު ބޭރުން އެ ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އެއް ބެޓެރި އަނދައި ބެޓެރި ސެޓް ފެއިލްވުމާއި ގުޅިގެންނެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:50 ހާއިރުއެވެ. އަދި، އިންޖީނު ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާގައި ޤާއިމްކޮށްފައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި"، ވަނީ ޅ.ހިންނަވަރުން ފުރައިގެން ހދ.މަކުނުދޫއަށް ގޮސް، ދޯނީގެ ވެރިފަރާތުން ހަވާލުކުރި ބެޓެރިއެއް ހިފައިގެން އާފިއްތަ ދުވަހު ހަވީރު 16:50 ހާއިރު ފުރައިގެން އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ.

"ފާމުލަދޭރި" ލޯންޗަށް އެ ދޯނި އޮތް ސަރަޙައްދަށް ދެވިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 19:00 ހާއިރުއެވެ. އަދި ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނީގެ އިންޖީނު ރަނގަޅުކޮށް، އެ ދޯނި ވަނީ އަލުން މަހަށް ފުރާފައެވެ.

މި ހާދިސާ ދިމާވިއިރު އެ ދޯނީގައި 12 މީހުން ތިއްބެވެ. އަދި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް