ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 13:25
ޕޮލިހާއި ފޮނަދޫ މެޗުގެ ތެރެއިން
ޕޮލިހާއި ފޮނަދޫ މެޗުގެ ތެރެއިން
ވީއޭއެމް
ވީއޭއެމް އެސޯސިއޭޝަން ކަޕް
ދެވަނަ މެޗުގައި ފޮނަދޫއަށް ނާކާމިޔާބު
ޕޮލިސް ދެން ކުޅޭނީ ވެމްކޯއާ ދެކޮޅަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން މޮޅުވި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބަށް ދެވަނަ މެޗުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ހޮނިހިރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ފޮނުދޫ ބަލިވެފައިވަނީ ޕޮލިސް ކުލަބު އަތުންނެވެ. މި މެޗު ޕޮލިސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދައަށް ތައްޔާރުވި ފޮނަދޫ ޓީމުގެ މައްޗަށް ޕޮލިސް ކުލަބުން ކާމިޔާބު ހޯދީ 25-19، 28-26، އަދި 25-22 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ.

ފޮނަދޫ ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ކްލަބް ވެމްކޯ އަތުން މޮޅުވެފަ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ތިން ޓީމުގެ މެދުގައި ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެން އޮތް ދެ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބުނު މުއްދަތަށް މުބާރާތްތައް ފައްތަން ޖެހޭތީ މި ފަހަރު ގައުމީ ލީގުގެ އަންހެން އަދި ފިރިހެން މުބާރާތް ނުބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ނިންމައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް