ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 14:49
އައިސްލޭންޑާއި ފްރާންސް ކުޅުނު މެޗުގައި އެމްބާޕޭ ހަމަލާއެއް އުފައްދަން މަސައްކަތް ކުރަނީ
އައިސްލޭންޑާއި ފްރާންސް ކުޅުނު މެޗުގައި އެމްބާޕޭ ހަމަލާއެއް އުފައްދަން މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
ފްރާންސް
ފަހު ވަގުތު ޖެހި ލަނޑުން އައިސްލޭންޑް އަތުން ފްރާންސް ސަލާމަތްވެއްޖެ
މި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެން

އެކުވެރިކަމުގެ މެޗެއްގައި ފަހު ވަގުތު ޖެހި ލަނޑުން އައިސްލެންޑް އަތުން ފްރާންސް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ފްރާންސްގައި ކުޅުނު މެޗުގައި ފަހު ވަގުތު އެ ޓީމު ސަލާމަތްކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މިމެޗުގައި ފްރާންސްގެ ކުޅުންތެރިންނަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އައިސްލެންޑުން މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ބާކީރް ބިޔާނަސަން އައިސްލެންޑަށް ލީޑުނަގައިދިނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މެޗުގެ 58 ވަނަ މިނިޓްގައި އައިސްލެންޑުގެ ދެ ވަނަ ލަނޑު ޖެހީ ކާރީ އާނަސަންއެވެ.

އައިސްލޭންޑްގެ ދެވަނަ ލަނޑަށްފަހު ބެންޗުގައި އިން އެމްބާޕޭ ކުޅެން އެރުވިއެވެ. މެޗުގެ 86 ވަނަ މިނިޓްގައި ފްރާންސުން ޖެހި ފުރަތަމަ ލަނޑަކީ އައިސްލެންޑުގެ ހޯމަ އޯން އެޔޯލްފްސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެމްބާޕޭ އެ ޕެނަލްޓީ ކާމިޔާބުކުރިއިރު، މިއީ އައިސްލެންޑުގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕޯޗުގަލް ވަނީ ރަށުންބޭރުގައި 3-2 އިން ޕޮލަންޑް ބަލިކޮށްފަ އެވެ. އަދި ސްޕެއިން ވަނީ 4-1 އިން ވޭލްސް ބަލިކޮށްފައެވެ. މީގެ އިތުރުން އާޖެންޓީނާ ވަނީ އިރާގު އަތުން 4-0 އިން މޮޅުވެފައެވެ.

- ކޮމެންޓް