ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 16:40
ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޫނީ
ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޫނީ
ގޯލް.ކޮމް
ވޭން ރޫނީ
ހުރިހާ ޒިންމާއެއް މޮރީނިއޯގެ ބޮލުގައި އެޅުވުން އިންސާފުވެރިއެއް ނޫން: ރޫނީ
ކުޅުންތެރިން ޒިންމާ ނަގަންޖެހޭނެ ކަމަށް ބުނި

މެންޗެސްޓާ ޔުނައިޓަޑްގެ ޓީމުން ދައްކަމުން ދާ ދަށް ނަތީޖާތަކުގެ ޒިންމާ ކޯޗް ހޯޒޭ މޮރީނިއޯ ބޮލުގައި އެޅުވުމަކީ އިންސާފެއް ނޫން ކަމުގައި އެޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

އެމެރިކާގެ މޭޖާ ލީގްގައި، ޗިކާގޯގެ މައްޗަށް ޑީސީ ޔުނައިޓަޑަށް 2-1 އިން މޮޅުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޫނީ ބުނީ ބައެއް ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެންނައިރުވެސް ހުރިހާ ބަދުނާމެއް ކޯޗު ބޮލަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ރޫނީ ބުނީ ކުލަބުން ނެރޭ ދަށްނަތީޖާގެ ޒިންމާ މޮރީނިއޯގެ ބޮލުގައި އަޅުވާނެކަން މާކުރިން އެނގޭ ކަމަށާއި އެކަމަކު ކުޅުންތެރިންވެސް ކަންކަން ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ.

ނިއު ކާސަލް ޔުނައިޓަޑާ ދެކޮޅަށް ޔުނައިޓަޑް މެޗަށް ނިކުތުމުގެ ކުރިން އެ މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ނިއުކާސަލްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޔުނައިޓަޑުން ފަހަތުން އަރައި މޮޅުވީ މެޗުގެ އެންމެ ފަހު 20 މިނެޓްގަ އެވެ.

ރޫނީ ބުނީ މެނޭޖަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި ނަމަވެސް ނަތީޖާ ނެރުމަކީ ދަނޑުމަތީގައި ކުޅުންތެރިންގެ ޒިންމާއެއް ކަމަށެވެ.

ޔުނައިޓަޑް ދޫކޮށް، ރޫނީ ކުލަބު ބަދަލު ކުރީ މިދިޔަ އަހަރު އެވެ. އޭނާ ބަދަލުވީ އޭނާގެ ފުރަތަމަ ކުލަބު އެވަޓަން އަށެވެ. އެވަޓަން ދޫކޮށް، އެމެރިކާ ލީގަށް އޭނާ ބަދަލުވީ މި އަހަރު ފެށުނު ތަނުންނެވެ.

- ކޮމެންޓް