ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 20:07
އޮންރީ އާސެނަލްގެ ޕްރެކްޓިސްގައި
އޮންރީ އާސެނަލްގެ ޕްރެކްޓިސްގައި
ގޫގުލް
ހެންރީ
މޮނާކޯގެ ކޯޗަކަށް އޮންރީ
އެސްޓަން ވިލާގެ ކޯޗަކަށް ވެސް ޝޯޓްލިސްޓު ކުރި

ފްރާންސާއި ބޮޑެތި ކުލަބުތަކުން ފެނިގެންދިޔަ ކުރީގެ ތަރި ތިއެރީ އޮންރީ މޮނާކޯގެ ކޯޗަކަށް ގެންނަން ވާހަކަ ދެކެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިމިގެން ދިޔަ ވޯލްޑް ކަޕުގައި ވާދަކުރި ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އޮންރީ ސީނިއާ ކެރިއަރު 1994 ވަނަ އަހަރު ފެށީ މޮނާކޯ އިންނެވެ.

މޮނާކޯގެ ކޯޗަކަށް އޮންރީ ގެންނަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި މި ވަނީ މި ސީޒަނުގައި މޮނާކޯ އިން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެކުލަބުގެ ކޯޗު ލިއަނާޑޯ ޖާޑިމް މަގާމުން ވަކި ކުރަން އުޅޭ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

އުމުރުން 41 އަހަރުގެ އޮންރީ ވަނީ އެސްޓަން ވިލާގެ ކޯޗުގެ މަގާމަށް ވެސް ޝޯޓް ލިސްޓްކޮށްފައެވެ. ނަމަވެސް އެ މަގާމު ހަވާލުކުރީ ޖޯން ޓެރީ އާއި ޑީން ސްމިތާ އެވެ.

މޮނާކޯއާ 2014 ވަނަ އަހަރު ހަވާލުވި ޖާޑިމް އެ ޓީމަށް ހޯދައި ދިން ހަމައެކަނި ކާމިޔާބަކީ 2017 ވަނަ އަހަރުގެ ފްރެންޗް ލީގެވެ.

އެ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ ކީލިއަން އެމްބާޕޭ، ތޯމަސް ލޭމާ، ބެނާޑޯ ސިލްވާ އަދި ބެންޖަމިން މެންޑީ މެން ފަދަ ކުޅުންތެރިން ކުރިއެރުވި ކޯޗުގެ ގޮތުގަ އެވެ.

ޖާޑިމް އަށް ފަހު މޮނާކޯ އިން އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ގެންނަން ޝައުގުވެރިވާ ފަރާތްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އޮންރީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް