ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 13:58
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
އިސްމާއިލް ނާއިލް ނަޝީދު
ސުޕްރީމް ކޯޓު
އަލީ ހުސެއިން ޑީޖޭއާ އަށް ހާޒިރުކުރީ ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުވިދާޅުވުމުން!
ބަޔާން ނަގާފައިވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި 12 މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ދައްކަވާފައިވާ ވާހަކަތާކައި ގުޅިގެން ސުވާލު ކުރުމަށް

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބުދަ ދުވަހު ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފާޑު ވިދާޅުވުމުންނެވެ،

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެބޭފުޅާ ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި 12 މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ދައްކަވާފައިވާ ވާހަކަތާކައި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާއިރު، އޭނާ ގެންދަވަނީ ތަކުރާރުކޮށް ރާއްޖޭގެ ޖުޑީޝަރީއަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އިންސާފު ނުލިބި ލަސްވަމުންދާތީ އޭނާ ގެންދަވަނީ އެކަމުގެ ކަންބޮޑުވުން މީޑިއާ މެދުވެރިކޮށް އާންމުންނަށް ހިއްސާ ކުރައްވަމުންނެވެ.

އަލީ ހުސައިން ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވުމުން، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް 13 ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު، މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭނާގެ ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ.

އަލީ ހުސައިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް