ކ. މާލެ
|
8 އޮކްޓޯބަރ 2018 | ހޯމަ 22:00
ޖޯން ޓެރީ ޗެލްސީ ޖަރޒީގައި
ޖޯން ޓެރީ ޗެލްސީ ޖަރޒީގައި
ގޯލް.ކޮމް
ޖޯން ޓެރީ
ޖޯން ޓެރީ ފުޓުބޯޅައިން ރިޓަޔަރކޮށްފި
އޭނާގެ ކެރިއަރުގެ އެންމެ އަހަރެއް ފިޔަވައި އެހެން ހުރިހާ ދުވަހެއް ހޭދަކުރީ ޗެލްސީގައި

އިންގްލެންޑްގެ ޤައުމީ ޓީމާއި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ފުޓުބޯޅައިން ރިޓަޔަރ ކުރިކަން އިއުލާންކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ތެރީ އިންސްޓްގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ 23 އަހަރުގެ ކެރިއަރަކަށްފަހު މިއީ ފުޓުބޯޅައިން ރިޓަޔަރކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ދެކޭކަމަށެވެ. 

20 އަހަރަށްވުރެ ގިނަ ދުވަހު ޗެލްސީއަށް ކުޅުމަށްފަހު ޓެރީ ވަނީ 2017 ވަނަ އަހަރު އެސްޓަން ވިލާއަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ބަދަލުވެފައެވެ. އަދި ކޮންޓްރެކްޓް ހަމަވުމުން މިދިޔަ ހޫނު މޫސުމުން ފެށިގެން ޓެރީ ހުންނަނީ ކްލަބަކާއި ނުގުޅިއެވެ. އެހެން ނަމަވެސް ރަޝިޔާގެ ސްޕާޓަކް މޮސްކޯއަށް ބަދަލުވުމަށް ޓެރީއަށް ފުރުސަތު ލިބުނެވެ. އެޓީމުގެ މެޑިކަލް ހެދިނަމަވެސް ޓެރީ ނިންމީ ސްޕާޓަކްއާއި ނުގުޅުމަށެވެ. 

ޓެރީ ކުޅުނު އެންމެ ފަހުގެ ޕްރޮފެޝަނަލް މެޗަކީ ނިމިދިޔަ ސީޒަންގައި އެސްޓަން ވިލާއާއި ފުލަމް ކުޅުނު މެޗެވެ. އެމެޗުން އެސްޓަން ވިލާ ބަލިވީ 1 - 0 އިންނެވެ.

ޓެރީ ވަނީ ޗެލްސީގައި ހުރެގެން ޕްރިމިއަރ ލީގް 5 ފަހަރު، އެފްއޭ ކަޕް 5 ފަހަރު އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގް 1 ފަހަރު ހޯދާފައެވެ. މެދުތެރެއިން ފަހަތަށް ކުޅެމުން އައި ޓެރީ ވަނީ ލީގު ކަޕް 5 ފަހަރު އަދި ޔޫރޮޕާ ލީގު އެއް ފަހަރު ހޯދާފައެވެ. އޭނާއަކީ އެކްލަބުގައި ހުރެގެން އެންމެ ގިނަ ތަށި ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޗެލްސީއަށް 700 އަށްވުރެ ގިނަ މެޗު ކުޅެފައެވެ.

އުމުރުން 14 އަހަރުގައި ޗެލްސީއާއި ގުޅުމަކީ ހަޔާތުގައި ނިންމި އެންމެ މުހިއްމު އަދި އެންމެ ބޮޑު ނިންމުންކަމަށް ޓެރީ ބުންޏެވެ. އަދި އެޓީމާއި ޓީމުގެ ސަޕޯޓަރުންނަކީ އޭނާއަށް ކިހާ މުހިއްމު ބައެއްކަން ބުނެދޭން ދަތިކަމަށް ޓެރީގެ ވަދާޢީ މެސެޖުގައި ވަނީ ބުނެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް