ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވާ ދިރާގު ރޯޑު ރޭހުގައި ބައިވެރިވާ ދުވުންތެރިންނަށް ތަމްރީނުތައް ދިނުމަށް ތައްޔާރުވާން ފަށައިފިއެވެ.
ދިރާގަކީ ރާއްޖޭގައި ދުވުމުގެ އެންމެ ބޮޑު ހަރަކާތް ބާއްވާ ފަރާތެވެ. އަދި ގިނަ ބައެއްގެ ތަރުހީބު މި ދުވުމަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ދިރާގު ރޯޑު ރޭހުގައި ބައިވެރިވި މީހުންނަށް ހިލޭ ޓްރެއިނިން ދޭން ހަތަރު ފަރާތެއް ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެރިވެއެވެ.
ޓްރެއިންގގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެއިލް ކޮށްގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖު ކޮށްގެން ވެސް ޓްރެއިނިންތަކުގައި ބައިވެރިވެވޭނެއެވެ.
މި ފަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ ފަރާތްތައް ޓްރައިން ކުރުމުގައި ހަރަކާތްތެރިވާނީ އައި ރަނާސް، ސާއިދު ސްޕޯޓްސް، ކޭވައި ސްޕޯޓްސް އެކަޑެމީ އަދި ޓްރެއިން ވިތް ކައިއެވެ.
ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އެކަޑެމީން ޓްރެއިނިން ދޭނީ ދިރާގު ރޯޑު ރޭހުގައި އަލަށް ބައިވެރިވި މީހުންނަށެވެ. އަދި އައި ރަނާސް އިން ޓްރެއިނިން ދޭނީ ރޭހުގައި ބައިވެރިވި އަންހެން ދުވުންތެރިންނަށެވެ.
ޔަޒްނީ ނަޝީދާ އަދި ކިސް ސަބާގެ ކޭވައި ސްޕޯޓްސް އެކަޑެމީން ރޯޑު ރޭހުގައި ބައިވެރިވި 70 އަށްވުރެ ގިނަ މީހުންނަށް ޓްރެއިނިން ދޭނެއެވެ.
ޓްރެއިން ވިތް ކައިން ބުންވަރު ވަރުގަދަކުރަން ޓްރެއިނިން ހަދަން ފުރުސަތު ދޭނެއެވެ.
މިފަހަރުގެ ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލިތާ 48 ގަޑިއިރުގެ ތެރޭގައި ވަނީ 4000 ޖާގަ ފުރިފައެވެ.
ރޯޑް ރޭހުގެ ޓީޝާޓްގެ އަގަކީ 100ރ. އެވެ. ޓީޝާޓް ވިއްކަނީ ރޭހުގައި ބައިވެރިވާ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީވުމަށެވެ.