ކ. މާލެ
|
2 ފެބްރުއަރީ 2017 | ބުރާސްފަތި 16:32
އދ ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް
އދ ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް
އަޒުމޫން އަހުމަދު
އދ.
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
ވިސާ ނުދޭން އެމެރިކާއިން ނިންމި 7 ގައުމަކީ އީރާން، އިރާގް، ލީބިޔާ، ސޯމާލިއާ، ސޫދާން، ސޫރިޔާ އަދި ޔަމަން

ހަތް ގައުމެއްގެ ރައްޔިތުންނަށް ވިސާ ނުދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން އަވަހަށް ބަދަލު ކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.

 

ގުޓަރޭސް ވިދާޅުވީ ބައެއްގެ ދީނަށް ނުވަތަ ނަސްލަށް ބަލައިގެން އުސޫލުތައް ކަނޑައެޅުމަކީ މުޖުތަމައުގެ އަގުތަކާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ރައީސް ޓްރަމްޕަށް ފާޑުވިދާޅުވީ އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ. އެހެން ނަަމަވެސް އެމަނިކުފާނުގެ ބަޔާނުގައި ރައީސް ޓްރަމްޕް ނޫނީ އެމެރިކާގެ ނަމެއް ގުޓަރޭސް ފާހަގަ ނުކުރައްވައެވެ.

 

އިސްލާމީ 7 ގައުމުގެ މީހުން އެމެރިކާއަށް އެރުން ރައީސް ޓްރަމްޕް މަނާކުރެއްވުމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ނުރުހުމާއި ދެކޮޅުވެރިކަން އެމެރިކާއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ. ވިސާ ނުދޭން އެމެރިކާއިން ނިންމި ހަތް ގައުމަކީ އީރާން، އިރާގް، ލީބިޔާ، ސޯމާލިއާ، ސޫދާން، ސޫރިޔާ އަދި ޔަމަންއެވެ. މިގައުމުތަކަށް ވިސާ ނުދޭން ނިންމުމުގެ އިތުރުން ރައީސް ޓްރަމްޕް ވަނީ 120 ދުވަސްވަންދެން އެމެރިކާއަށް ރެފިއުޖީން އެތެރެވުން ވެސް މަނާކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް