ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 20:02
ލަނޑު ޖެހުމަށްފަހު ޑިބާލާ ސެލެބްރޭޓް ކުރަނީ
ލަނޑު ޖެހުމަށްފަހު ޑިބާލާ ސެލެބްރޭޓް ކުރަނީ
މުހައްމަދު ޝަރުހާން
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔުވެންޓަސް މޮޅުވިއިރު، ޑިބާލާގެ ހެޓްރިކެއް
ޑިބާލާއަކީ ޗެމްޕިއަންސް ލީގުގައި ހެޓްރިކްހެދި ޖުވެންޓަސްގެ ހަތަރުވަނަ ކުޅުންތެރިޔާ

އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއީސްގެ މައްޗަށް 3-0 އިން ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޔުވެންޓަސްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ރޮނާލްޑޯ މި މެޗަށް ސަސްޕެންޑްވީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެލެންސިޔާގެ މައްޗަށް 2-0 އިން ޔުވެންޓަސް އިން ކުރި ހޯދި މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެންނެވެ.

ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް މެޗުގައި ދެއްކިއިރު ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ.

ދެވަނަ ލަނޑު ޑިބާލާ ޖަހާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އަދި ތިން ވަނަ ލަނޑު ޑިބާލާ ޖަހާ ހެޓްރިކް ހެދީ މެޗުގެ 69 ވަނަ މިނެޓުގައެވެ.

މި ހެޓްރިކާ އެކު ޑިބާލާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ޔުވެންޓަސްގެ ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.

މި މޮޅާއެކު ޔުވެންޓަސް މިހާރު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް އެޗްގެ އެއްވަނައިގައެވެ.

ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު އެއް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ވެލެންސިޔާއެވެ. ޔަންގް ބޯއީސް އޮތީ ގްރޫޕްގެ ފުލުގައެވެ.

މި ސީޒަނުގައި ޔުވެންޓަސް އަދި މެޗަކުން ބަލިވެފައި ނުވާއިރު ގްރޫޕް ސްޓޭޖުގައި އެޓީމު ދެން ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ

- ކޮމެންޓް