ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 20:03
އީގަލްސް އާ ނިއުރޭޑިއަންޓު ބައްދަލުކުރި މަޗެއްގެ ތެރެއިން
އީގަލްސް އާ ނިއުރޭޑިއަންޓު ބައްދަލުކުރި މަޗެއްގެ ތެރެއިން
މިހާރު
ދިވެހި ޕްރިމިއާ ލީގު
އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި
މިހާރު ތިބީ ގޯލްކީޕަރާއި ޑެފެންޑަރެއް

ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑުއާޑޯ އަދި އޮސްޓްރޭލިއާގެ މިޑްފީލަޑަރު ޑެނިއަލް ޑިކްސަން ދޫކޮށްލައިފިއެވެ.

އީގަލްސް އިން  އަންގާރަ ދުވަހުގެ ރޭ ތިމަރަފުއްޓާއި ދެކޮޅަށް ނުކުތީ އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ނުލަ އެވެ.

ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ބެންޗުގައި ހިމެނިއިރު، އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން އަދި ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ މި މެޗަށް ނުނަގަ އެވެ.

ޓީމުގެ ގޯލު ބެލެހެއްޓީ ދެ ވަނަ ކީޕަރު މިފްދާދު އަހުމަދު އެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

އީގަލްސްގެ ބޭރު ދެކުޅުންތެރިންނަށް ރިލީސް ދިނުމަށް ނިންމީ މިވަގުތު ކްލަބުގެ މާލީ ހާލަތު ހުރިގޮތުންކަމަށް އެނގިފައިވެއެވެ.

އެޑުއާޑޯ އާއި ޑެނިއަލް ދޫކޮށްލިނަމަވެސް އީގަލްސްގައި އަދިވެސް ބޭރުގެ ދެ ކުޅުންތެރިން ހިމެނެއެވެ. އަދި މިއަހަރު ދިވެހި ޕްރިމިއާ ލީގުގައި ބާކީބައިގައި ކްލަބުން ކުރިއަށްދާނީ އެ ބިދޭސީ ދެކުޅުންތެރިންނާ އެކުގައެވެ.

މި ވަގުތު އީގަލްސްގައި ތިބި ބިދޭސީ ދެ ކުޅުންތެރިންނަކީ ޕްރިމިއާ ލީގަށް ގެނައި އުޒްބަކިސްތާނުގެ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލްއާއި ކެޕްޓަން، ލަންކާ ގޯލްކީޕަރު ސުޖާން ޕެރޭރާއެވެ.

އީގަލްސްއިން ލުއިޒް އެޑުއާޑޯ ގެނެސްފައި ވަނީ ނިމިދިޔަ މާލޭ ލީގަށެވެ. ޑެނިއަލް ޑިކްސަން އަކީ ޕްރިމިއާ ލީގަށް އީގަލްސްއިން ގެނައި މިޑްފީލްޑަރެކެވެ.

ދިވެހި ޕްރިމިއާ ލީގު ފެށިތާ މާ ގިނަދުވަހެއް ނުވެ، ސާފް ޗެމްޕިއަންޝިޕަށް ދެ މަހެއްހާ ދުވަހަށް ލީގު ވަނީ މެދު ކަނޑާލާފައެވެ. އަދި އަލުން ލީގު ފެށިއިރު ކުލަބުތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް