ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 19:01
އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ދިވެހި ޕްރިމިއާ ލީގު
ތިމަރަފުށި ބަލިކޮށް އީގަލްސް ތިންވަނައަށް
އީގަލްސް މޮޅުވީ 9-0 އިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ތިން ވަނައަށް ކްލަބް އިގަލްސް ޖެހިލައިފިއެވެ.

ތިމަރަފުށި އަތުން އީގަލްސް މޮޅުވެފައިވަނީ 9-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ހަތަރު ގޯލު ޖަހާފައެވެ.

މި މެޗަށް އީގަލްސް ނުކުތްއިރު އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގައެވެ. މި މޮޅާ އެކު އީގަލްސް ތިން ވަނަ އަށް އެރީ ހަ މެޗުން 11 ޕޮއިންޓާ އެކުއެވެ.

އީގަލްސް އިން މި މެޗަށް ނުކުތީ އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ނުލައެވެ. ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ބެންޗުގައި ހިމެނިއިރު، އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން އަދި ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ މި މެޗަށް ނުނަގައެވެ.

މާލީ މައްސަލަތަކާ ހުރެ ތިމަރަފުށިން މިހާރު މެޗުތައް ކުޅެނީ ޕްރެކްޓިސް ނުކޮށެވެ. އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ވެސް އެ ޓީމުގެ ބެންޗުގައި ކުޅުންތެރިއަކު ނެތެވެ.

ބޯ ވާރޭގެ ތެރޭގައި ކުޅެމުންދިޔަ މެޗުގެ ލިޑް އީގަލްސް އިން ނަގާފައިވަނީ މެޗުގެ ހަތް ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ގައުމީ ޓީމުގެ ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އެވެ.

މެޗުގެ 13 ވަނަ މިނިޓްގައި އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ ރިޒޭ އެވެ. އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ 38 ވަނަ މިނިޓްގައި ޖެހީ ކުރޯއެވެ. ހަތަރު ވަނަ ގޯލު ޖެހީ ޖުމައިލް ޖަލީލެވެ. އަދި ފަސް ވަނަ ލަނޑު ޖެހީ ރިޒޭއެވެ.

ވާރޭވެހި ދަނޑު އޮތްގޮތުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގެ 70 ވަނަ މިނިޓްގައި އީގަލްސްގެ ހަ ވަނަ ލަނޑު ޖަހައި ރިޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ އަށް އަނިޔާވުމުގެ ސަބަބުން މެޗުގެ 79 ވަނަ މިނިޓްގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ގޯލަށް އެރީ ޓީމުގެ މެދުތެރެއަށް ކުޅެމުންދިޔަ މިސްބާހު އިބްރާހިމެވެ.

އީގަލްސްގެ އަށް ވަނަ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރިޒޭއެވެ. އޭގެ ފަހުން އީގަލްސްގެ ނުވަ ވަނަ ލަނޑު ޖެހީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް