މެންޗެސްޓާ ޔުނައިޓެޑަށް ދިމާވަމުން އަންނަ މައްސަލަތަކުގެ ޒިންމާ އަބަދު އެއްވަޔަކު ނަގާކަށް ނުޖެހޭ ކަމަށް އެކުލަބު ކޯޗު ހޯސޭ މޮރީނިއޯބުނެފިއެވެ.
ނުސީދާކޮށް މެންޗެސްޓަރ ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑަށް ނުސީދާކޮށް ފާޑުކިޔަމުން މޮރީނިއޯ ބުނީ ޔުނައިޓެޑަށް ދިމާވަމުން އަންނަ މައްސަލަތަކުގެ ޒިންމާ ކްލަބްގެ އެކި މަގާމުތަކުގައި ތިބި އެންމެން ވެސް ނަގަން ޖެހޭނެ ކަމަށެވެ.
މޮރީނިއޯވަނީ މި ސީޒަނަށް ނުކުތުމުގެ ކުރިން ބޭނުންވާ ކުޅުންތެރިން އެ ޓީމަށް ނުހޯދުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ސަބަބުން ކްލަބްގެ ވައިސް ޗެއާމަން ވުޑްވާޑާ މައްސަލަތަކެއް ވެސް ޖެހުނެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިންގެ ވެލެންސިއާ އާއި ދެކޮޅަށް ނުކުންނަ އިރު މޮރީނިއޯ ބުނީ ހުރިހާ ކަމެއްގެ ޒިންމާ ކުޅުންތެރިންވެސް ނަގާކަށް ނުޖެހޭނެ ކަމަށެވެ.
މޮރީނިއޯ ބުނީ ކުލަބަށް ދިމާވާ މައްސަލަތަކުގައި އޭނާގެ ޒިންމާ އޮންނަހެން ކުޅުންތެރިންގެ ބޮލުގައިވެސް ޒިންމާތަކެއް އޮންނަ ކަމަށެވެ.
މޮރީނިއޯ ވަނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާގައި ދައްކާ ވާހަކަތަކަށް ވެސް ޖަވާބު ދީފަ އެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިދާން ގުޅި ކަމަށް މީޑިއާގައި ދެކެވޭ ވާހަކައާ ގުޅިގެން މޮރީނިއޯ ބުނީ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށް މޮރީނިއޯ އަށް ފޯނުން ގުޅައިގެން ޒިނެދިން ޒިދާން ވާހަކަ ދެއްކިކަން އޮޅުން ފިލުވަން ޖެހޭނީ އެ ހަބަރު ލިޔުނު ނޫސްވެރިއާ ކަމަށެވެ.
ކްލަބްގެ ހާލަތު ރަނގަޅު ކުރެވޭނީ އެންމެން އެކުގައި ތިބެގެން ކަމަށާއި އުއްމީދުކުރަނީ ރަނގަޅު ނަތީޖާތަކެއް ނެރެގެން ކްލަބްގެ މިސްރާބު ބަދަލު ކުރެވޭނެ ކަމަށް ކަމަށް މޮރީނިއޯ ބުންޏެވެ.