ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 16:34
މެސީއާ މަރަޑޯނާ އެކުގައި
މެސީއާ މަރަޑޯނާ އެކުގައި
އޭއެފްޕީ/ގެޓީ
ލިިއޮނެލް މެސީ
އެންމެ އެދެނީ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން: މަރަޑޯނާ
ނާކާމިޔާބުގެ ޒިންމާ މެސީ ނަގާކަށް ނުޖެހޭނެ

އެންމެ އެދޭ ގޮތަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށް ޑީއޭގޯ މަރަޑޯނާ ބުނެފިއެވެ.

އެޖެންޓީނާގެ ލިޖެންޑް އަދި އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މެރަޑޯނާ ބުނީ، އާޖެންޓީނާއަށް ނާކާމިޔާބު ކުރިމަތިވާ ކޮންމެ ފަހަރަކު އޭގެ ޒިންމާ މެސީ ބޮލުގައި އެޅުވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

މެރަޑޯނާގެ ލަފާ އަކީ މެސީ އަލުން ގައުމީ ޓީމަށް ނުދިއުމެވެ. އަދި މެސީ ނުލައި އާޖެންޓީނާއަށް ވަނީ ކިހާވަރަކަށްތޯ ބަލަން ޖެހޭ ކަމަށް މަރަޑޯނާ ވަނީ ބުނެފައެވެ.

ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރަމުން އަންނަ މެރަޑޯނާ ބުނީ މެސީއަށް އޭނާ ފާޑުކީ އެހެންމީހުން ދައްކާ ވާހަކަ ބެލުމަށް ކަމަށެވެ.

ކޮޕާ އެމެރިކާގައި 2016 ވަނަ އަހަރު ކުރިމަތިވި ނާކާމިޔާބާއެކު މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ. އޭގެ ފަހުން ނިންމުން އަނބުރާ ގެނެސް މެސީ ވަނީ ވޯލްޑް ކަޕު ކޮލިފައިން ފެށިގެން ގައުމީ ޓީމަށް އަލުން ކުޅެން ފަށާފަ އެވެ. ނަމަވެސް މިއަހަރުގެ ވޯޑްކަޕުގައި ކުރިމަތިވި ނާކާމިޔާބާއެކު މެސީ ވަނީ ގައުމީ ޓީމުން ބްރެކޭއް ނަގާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް