ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 16:31
ސާފް ސުޒުކީ ކަޕްގެ މެޗެއްގައި ރާއްޖެ ކުޅެނީ
ސާފް ސުޒުކީ ކަޕްގެ މެޗެއްގައި ރާއްޖެ ކުޅެނީ
އިމޭޖަސް.އެމްވީ
މިހާރު އެވޯޑްސް
މިހާރު އެވޯޑްސްއަށް ވާދަކުރާ ސާފް ސުޒުކީ ކަޕުގެ ފަސް ކުޅުންތެރިން ހޮވައިފި
މިހާރު އެވޯޑްސް ތައާރަފް ކުރީ މިދިޔަ އަހަރު

މިދިޔަ އަހަރު ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

މިހާރު އެވޯޑްސްއަކީ ދުވަހު ނޫސް "މިހާރު" މިދިޔަ އަހަރު ތަޢާރަފުކުރި އެވޯޑެކެވެ.

މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މިހާރު ވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ.

ސާފް ސުޒުކީ ކަޕުން ވާދަކުރާ ކުޅުންތެރިންނަކީ ގޯލްކީޕަރު މުހައްމަދު ފައިސަލާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން މޮޅުވެގެންނެވެ.

މިހާރު އެވޯޑްސް ގައި ދިވެހި ހުނަރުވެރި ކުޅުންތެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް