ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 07:07
މެޗުގައި ހެޓްރިކް ހެދި ނިއުގެ ކެޕްޓަން އަލީ ފާސިރު
މެޗުގައި ހެޓްރިކް ހެދި ނިއުގެ ކެޕްޓަން އަލީ ފާސިރު
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
ދިިވެހި ޕްރެމިއަރ ލީގު
ބޮޑު ތަފާތަކުން ފެހެންދޫ މައްޗަށް ނިއުރޭޑިއަންޓުން ކުރިހޯދައިފި
މޮޅުވީ 0-11 އިން
ސެންޓޭ ވަނީ ހެޓްރިކެއް ހަދާފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ނިއުރޭޑިއަންޓުން ކުރި ހޯދައިފިއެވެ.

ނިއުރޭޑިއަންޓުގެ ކެޕްޓަން އަލީ ފާސިރު ސެންޓޭގެ ހެޓްރިކާ އެކު އެޓީމުން މެޗު ކާމިޔާބުކުރީ 0-11 އިންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ. މީގެ ކުރިން މި މުބާރާތުގައި ތިމަރަފުށި އަތުން 10-0 އިން ނިއުރޭޑިއަންޓް މޮޅުވެފައި ވެއެވެ.

މި މޮޅާ އެކު ނިއު ވަނީ އެއް ވަނައިގައި އޮތް ޓީސީއާ ދެ ޕޮއިންޓަށް ގާތްކޮށްފައެވެ. ހަ މެޗުން ނިއު އަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ.

ފުރަތަމަ އެގާރައަށް ބަދަލުގެނެސް ނިއުރޭޑިއަންޓުން ނުކުތް މެޗުގެ ފުރަތަމަ ލަނޑު15 ވަނަ މިނިޓްގައި ޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާއެވެ. އޭގެ ހަތަރު މިނިޓް ފަހުން ނިއުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ސެންޓޭއެވެ.

ނިއުގެ ތިން ވަނަ ލަނޑު މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ކާމިޔާބުކުރީ ޔޫގާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަންއެވެ. ހަތަރުވަނަ ލަނޑު ވެސް ޖަހައިދިނީ ކިޕްސަންއެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ގާތްގާތުގައި ފެހެންދޫގެ ނިޒާމްބެ އާއި ހާއްޕެ ޖެހި ބޯޅަތައް ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ސެންޓޭ ވަނީ ނިއުގެ ފަސް ވަނަ ލަނޑު ޖަހައިދީފައެވެ. އަދި ލިބުނު ޕެނަލްޓީއަކުން މެޗުގެ 63 ވަނަ މިނިޓްގައި ނިއުގެ ހަ ވަނަ ލަނޑު ޖެހީ ޕެނަލްޓީ ހަމްޕުއެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ލިބުނު ފުރުސަތެއްގައި ސެންޓޭވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދައިގެން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ނިއުގެ ފަހު ތިން ގޯލު ވެސް ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ކުޅުންތެރިންނެވެ. އެގޮތުން ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ހަސަން އަދުހަމް (ސަޑޭ) އާއި އަތީގް ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ލަނޑެއްޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް