ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 16:55
ދިވެހި ފުޓު ބޯޅަައިގެ މައި އިދާރާ
ދިވެހި ފުޓު ބޯޅަައިގެ މައި އިދާރާ
ވީނިއުސް
ދިވެހި ޕްރެމިއާ ލީގު
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީން ދައްކާ ގޮތަށް ހަމަޖައްސައިފި
މެޗުތައް ދައްކާނީ ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީ މެދުވެރިކޮށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.  

އައިސްޓީވީން ދިވެހި ޕްރެމިއަރ ލީގުގެ މެޗުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީ މެދުވެރިކޮށެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ގްރީންސްޓްރީޓްސް، ވިކްޓަރީ އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމު ކަމަށްވާ ފ. ނިލަންދޫ، ބ. ފެހެންދޫ، ތ. ތިމަރަފުށި އަދި ށ. ފޯކައިދޫ އެވެ. ފުރަތަމަ ބުރު ނިމެން ގާތްވެފައިވާއިރު އެއް ވަނައިގައި އޮތީ ޓީސީ އެވެ.

އައިސްޓީވީން ދައްކާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަކީ ހޯމަދުވަހުގެ ހަވީރު ނިއު ރޭޑިއަންޓާއި ބ. ފެހެންދޫ ބައްދަލުކުރާ މެޗެވެ. ދިވެހި ޕްރެމިއަރ ލީގު ދެއްކުމުގެ އިތުރުން ފޯރިގަދަ ކުޅިވަރު މުބާރާތްތައް ގެނެސްދޭ އައިސްޓީވީން އަންނަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައްވެސް ދައްކަމުންނެވެ.

މައިކުޖޫ ޕްލެޓްފޯމް ބޭނުންކޮށްގެން ރާއްޖޭގެ ހާފްކޯޓް މޯލްޑިވްސް އިން އަންނަނީ މި އަހަރުން ފެށިގެން ވަރަށް ގިނަ ކުޅިވަރު އިވެންޓްތައް ލައިވްކޮށް ސްޓްރީމްކުރަމުންނެވެ. ހާއްސަކޮށް ފުޓްބޯޅަ  މުބާރާތައް ރަގަޅު ފެންވަރެއްގައި ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މައިކުޖޫ މެދުވެރިކޮށް ހާފްކޯޓުން ރާއްޖޭގެ ކުޅިވަރު އިވެންޓްތައް ލައިވް ސްޓްރީމްކުރަން ފެށުމަކީ ވަރަށް ގިނަ ކުޅިވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަ ކަމެއް ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް