ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:45
ލީގު މެޗެއްގައި ވިކްޓަރީ އަދި އީގަލް ބައްދަލުކުރަނީ
ލީގު މެޗެއްގައި ވިކްޓަރީ އަދި އީގަލް ބައްދަލުކުރަނީ
ރާއްޖެއެމްވީ
ދިވެހި ލީގު
ކުލަބުތަކުގެ މާލީ ހާލަތާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކޮށްފި
ލިބޭ ފައިސާ މެނޭޖްކުރުން މުހިއްމު
ކުޅުންތެރިން ގަތުމުގައި އެއް ފަހަރާ ބޮޑު އަދަދެއް ދޭ

މިއަހަރުގެ ފުޓުބޯޅަ މޫސުމުގައި ވާދަކުރާ ކުލަބުތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިރާގު ދިވެހި ލީގުގައި ވާދަކުރާ ބައެއް ކުލަބުތަކުގެ ކޯޗުން ފާހަގަކުރި ގޮތުގައި ސީޒަނުގެ ކުރީކޮޅު ކުލަބުތަކަށް މާލީ ގޮންޖެހުންތައް ކުރިމަތިވުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެކެވެ.

ކުލަބުތަކަށް މާލީ ގޮތުން ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އެފްއޭއެމް އާއި ސަރުކާރު ކުންފުނިތަކުގެ މެދުގައި މަޝްވަރާކޮށް، ކުންފުނިތަކުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއް އެކުލަވާލެވިފައި ވެއެވެ.

އެފްއޭއެމް އާއި ކުންފުނިތަކާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ޑިވިޒަނުގައި ވާދަކުރާ ކުލަބުތަކުގެ އިތުރުން ދެވަނަ ޑިވިޒަނުގެ ބައެއް ކުލަބުތަކަށް ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އަދި މިހާރު ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފައި ވަނީ ކުލަބުތަކުގެ މާލީ ހާލަތު މިދިޔަ އަހަރަށް ވުރެ ވެސް ބޮޑު ކަމަށެވެ.

މޯހަން ބުނީ އަންނަ އަހަރުގެ ފުޓުބޯޅަ މޫސުމާއިކުރިމަތިލުމުގެ ކުރިން އެކަން ކަމަށް ހަލެއް ހޯދަންޖެހޭ ކަމަށާއި އެކަން ނުވެއްޖެ ނަމަ ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމަށެވެ.

ސީޒަންގެ މިހާ ހިސާބަށް އައިއިރު، މިވަގުތު އޮތީ ކިރިޔާ އައިސް ކުޅެލެވޭ ވަރުގެ ޓީމުތަކާއި ކުޑަކޮށް ޕްރެކްޓިސްކޮށްލެވޭ ޓީމުތައް ކަމަށް ވެސް މޯހަން ބުންޏެވެ.

މިހާތަނަށް އައިއިރު މާޒިޔާ ފިޔަވައި އެހެން ހުރިހާ ކްލަބަކަށް މާލީ މައްސަލަތައް ވަނީ ދިމާވެފައެވެ. ވިކްޓަރީގައި މުސާރަ މައްސަލަތައް ދިމާވެ އެކުލަބުގެ ކޯޗު ވަނީ ފުރައިގެން ގޮސްފައެވެ.

ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބުގައި ފައިސާގެ މައްސަލަތައް އެބައުޅެއެވެ. އީގަލްސް އާއި ގްރީންސްޓްރީޓްސް އަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އެ ދެ ކުލަބުގެ ކޯޗުން ވަނީ ބުނެފައެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ އެ ކްލަބުގައި ވެސް ވަރަށް ބޮޑަށް މާލީ މައްސަލަތައް އެބައުޅޭ ކަމަށެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ކުލަބާއި ކުޅުންތެރިންގެ ހިތްވަރުން ރަނގަޅު މަސައްކަތްތަކެއް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ސުޒޭން ބުނީ ކޮންމެ އަހަރަކު ކުލަބުތަކަށް ދެތިން މިލިއަން ރުފިޔާ ލިބޭއިރު، މާލީ ގޮންޖެހުންތައް ދިމާވާ ސަބަބު ބަލަންޖެހޭ ކަމަށެވެ.

- ކޮމެންޓް