ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 15:51
އިބޫ އާއި ފައިސަލް އަށް މަރުޚަބާ ކިޔުމަށް ބޭއްވި ހަފުލާއެއްގައި އެ ދެ ބޭފުޅުން ސަލާމްކުރައްވަނީ
އިބޫ އާއި ފައިސަލް އަށް މަރުޚަބާ ކިޔުމަށް ބޭއްވި ހަފުލާއެއްގައި އެ ދެ ބޭފުޅުން ސަލާމްކުރައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ކަސްޓަމްސްގެ މުވައްޒަފުން އިބޫ އާއި ފައިސަލަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް!
އިންތިޚާބީ ރައީސަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ބާއްވާ ފުރަތަމަ އޮފީހަކީ ކަސްޓަމްސް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ކަސްޓަމްސްގެ މުވައްޒަފުންނާ މިއަދު ހަވީރު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް މަރުޚަބާ ކިޔުމަށްޓަކައި ކަސްޓަމްސްގެ މުވައްޒަފުން ހާއްސަ ހަފުލާއެއް ބާއްވަން ހަމަޖައްސާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު 5:00 ގައި ކަސްޓަމްސް ބިލްޑިންގައެވެ.

މިއީ އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލްއަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ބާއްވާ ސަރުކާރުގެ ފުރަތަމަ އޮފީހަކީ ކަސްޓަމްސް ކަމަށާއި އެ ދެ ބޭފުޅުން ކަސްޓަމްސްގެ މުވައްޒަފުންނާ ބަދަލުކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"މި މުއައްސަސާގެ ވަރަށް ގިނަ މުވައްޒަފުންނަކީ އެމްޑީޕީއަށް ސަޕޯޓްކުރާ މުވައްޒަފުން. އެ މުވައްޒަފުންގެ ވޯޓުން ހޮވިވަޑައިގެންނެވި އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް އަށް މަރުޚަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ބާއްވާ ފުރަތަމަ އޮފީހަކަށް ކަސްޓަމްސް ވެގެން މިދިޔައީ،" ޖުނައިދު ވިދާޅުވިއެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔަމީނާ ވާދަކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު އިންތިޚާބު ކާމިޔާބު ކުރެއްވީ 58.4 އިންސައްތަ ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 އިންސައްތަ ވޯޓެވެ.

- ކޮމެންޓް