ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 15:20
ޕީޕީއެމްގެ ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ ދަރުބާރު ގޭގައި ކުރިއަށްދަނީ
ޕީޕީއެމްގެ ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ ދަރުބާރު ގޭގައި ކުރިއަށްދަނީ
ޓްވިޓަރ
ޕީޕީއެމްގެ ކޮންގްރެސް
ހަމައެކަނި ޗެނަލް 13 އަށް ހުއްދަ ދީގެން ޕީޕީއެމްގެ ކޮންގްރެސް ފަށައިފި
ކޮންގްރެސް ފަށާފައި ވަނީ ދަރުބާރު ގޭގައި
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް ކޯޓު އަމުރަކަށް ވަނީ ކުރިން އެދިފައި
މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓަށް

ހަމައެކަނި ޗެނަލް 13 އަށް ހައްދަ ދީގެން ޕީޕީއެމްގެ ކޮންގްރެސް ހުކުރު ދުވަހު ދަރުބާރުގޭގައި ފަށައިފިއެވެ.

ޕީޕީއެމްގެ ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ ފަށާފައި މި ވަނީ އެ ޖަލްސާ ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. 

ޔުމްނާ މައުމޫން ހުށަހެޅުއްވި މިމައްސަލައިގާ ބުނެފައިވަނީ ސިވިލް ކޯޓުގެ 1586/Cv-C/2016  ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމްގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، އެނިންމުން ބާޠިލުކޮށްފިނަމަ، ޕީ.ޕީ.އެމްގެ ޢާންމު ޖަލްސާއެއް ބާއްވާ، އެޢާންމު ޖަލްސާ އާއި އެޖަލްސާއިން ނިންމާ ނިންމުންތައް ބާޠިލުވާނެތީ، ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޢާންމު ޖަލްސާއެއް ބާއްވައިފި ނަމަ، އިޢާދަ ނުކުރެވޭނެ މާލީ އަދި މަޢުނަވީ ގެއްލުން ޕާޓީއަށް ކުރިމަތިވާނެތީ، މިމައްސަލައިގައި ގޮތެއް ނިންމެންދެން ޕާޓީގެ ޙަރަކާތްތަކާއި، ޢާންމު ޖަލްސާތައް ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ފެންނަ ކަމަށެވެ.

އެ މައްސަލައިގާ ބުނެފައިވަނީ މިއަމުރު ނުނެރެފި ނަމަ، ޕީ.ޕީ.އެމްގެ ޖަލްސާއެއް ބޭއްވުމަށް އެތައް ޚަރަދެއް ހިނގާނެ ކަމަށެވެ. އަދި އެހައި ބޮޑު ޚަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް، އެއީ، މިމައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު، ޣައިރު ޤާނޫނީ ނިންމުންތަކަކަށް ވެއްޖެނަމަ، އެތައް ހާސް ބައެއްގެ ވަގުތާއި، ފައިސާ، އިޢާދަ ނުކުރެވޭ މިންވަރަށް ގެއްލިގެން ދާނެ ކަމަށެވެ. 

ޔުމްނާ މައުމޫން މިމައްސަލަ ހުށަހަޅުއްވާފައިވާއިރު އެޖަލްސާތައް ހުއްޓުވައިދިނުމަށް ޕީޕީއެމް ކައުންސިލުގެ ކުރީގެ މެންބަރު އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިވަޑައިގެންފައެވެ. 

މީޑިއާތަކަށް ފުރުސަތު ނުދީ ޕީޕީއެމްގެ ހާއްސަ ގޮތުން ބާއްވާ ޖަލްސާ މިއަދާއި މާދަމާ ބާއްވާ އިރު މިހާރު މުސްތަޝާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން ރައީސްކަމުން ފައިބައިވަޑައިގަތުމުން ޕާޓީ ހިންގެވުމުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅުން ބީވެގެންދާނެއެވެ. މިހާރު ވެސް އެ ޕާޓީ ހިންގަމުން ގެންދަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް