ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 10:02
މާލެ ސަރަހައްދަށް މޫސުން ގޯސްވެފައި
މާލެ ސަރަހައްދަށް މޫސުން ގޯސްވެފައި
މުހައްމަދު އަނިލް
މޫސުން ގޯސްވުން
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ
ވަކިން ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ޖެހޭ
ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އެ އިދާރާ އިން ބުނެފައި ވަނީ ކުރިއަށް އޮތް ތިން ދުވަހުގެ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ވައިގަދަވެ ކަނޑުގެ ބާނި ބޮޑުވެފައިވާތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިތައް ވެސް ލަފާކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު 30 ވަނަ ދުވަހާއި ހަމައަށް އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގެ ތަފްސީލް އެ އިދާރާގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް