ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 21:46
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޙާބު 2018
ނަތީޖާ އިއުލާން ކުރަން އޮތް ދުވަހަށް ކުރާނެ، އެކަމަށް ބަދަލެއް ނާންނާނެ: ޝަރީފް
ނަތީޖާ އިއުލާންކުރަން އޮތް ދުވަހަށް ނަތީޖާ އިއުލާން ކުރާނެ
އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ
ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 30 ވަނަ ދުވަސް

ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އޮތް ދުވަހަށް، އެ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސް ކުރުމަށް ހުށަހަޅާފައިވޭތޯ ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ ނަތީޖާ އިއުލާންކުރަން އޮތް ދުވަހަށް ނަތީޖާ އިއުލާން ކުރާނެ ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ޝަރީފް ހައްޔަރުކުރަން އުޅޭ ކަމަށް އަޑު ފެތުރިފައިވުމުން އެކަމާއި ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އެއީ ހަމައެކަނި ފެތުރިފައިވާ އަޑުތަކެއް ކަމަށާއި އެއީ ހަޤީޤަތެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ފަސްކުރުމާއި ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ހޯދުމަށް އިލެކްޝަންސްގެ ތަރުޖަމާނު އަހުމަދު އަކްރަމް އަށް ގުޅުއްވުމުން ވިދާޅުވީ ފޯނާއި ދުރުގައި އުޅުއްވަން ޖެހުމުން އެކަމުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަކްރަމް އަށް ފަހުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޕީޕީއެމް އިން އިންތިހާބުގެ ނަތީޖާ ފަސްކުރުމަށް ހުށަހެޅި ކަމުގެ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރަން އުޅޭ ކަމަށް ބުނެ ގިނަ ފަރާތްތަކުން އަޑުތައް ފަތުރަމުންދާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނަށް ފުލުހުން ވަދެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ސެކިއުރިޓީއާ ވޯޓް ކަރުދާސް ބަލަހައްޓަނީ ފުލުހުން ކަމަށާއި އެ ކޮމިޝަނަށް އެކަންކަމުގައި ފުލުހުން ވަދެ ހަދާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކޮމިޝަނަށް ފުލުހުން ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލްކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ގާނޫނު ބުނާ ގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 30 ވަނަ ދުވަސް ކަމަށް ވާތީ، އެ ދުވަހު ނުވަތަ އޭގެ ކުރިން ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް