ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 17:35
ނަޖުމާ އާއި އަޒްމީ
ނަޖުމާ އާއި އަޒްމީ
ސޯޝަލް މީޑިއާ
ނަޖުމާ އާއި އަޒްމީ
ނަޖުމާ އާއި އަޒްމީ މިނިވަން ކޮށްފި
އެ ދެމީހުންގެ މައްޗަށް ކުރިން ކޮށްފައިވަނީ މެމްބަރުންތަކަކަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު
އެމީހުން މިނިވަންކުރީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓަށް ފެނިގެން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާރސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމް މިނިވަންކޮށްފިއެވެ.

އެ ދެމީހުން މިނިވަން ކުރީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓަށް ފެނިގެން ކޯޓުން އަމުރު ކޮށްގެންނެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ނަޖުމާ އާއި އަޒްމީގެ މައްޗަށް ވެސް ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުރު މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތެވެ.

ނަޖުމާގެ ގެއިން މީގެ ކުރިން ފުލުހުންނަށް "ކަޅު ފޮއްޓެއް" ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އޭރު ބުނި ގޮތުގައި އެ ކަށުފޮށީގައި ވެރިކަން ވައްޓާލުމާއި ގުޅޭ ގިނަ ލިޔުންތަކެއް ހުއްޓެވެ.

ނަޖުމާ އާއި އަޒުމީ ދޫކޮށްލުމަށް ރައީސް މައުމޫންގެ އޮފީހުން ވަނީ އެކި ފަހަރު މަތިން ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް