ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 13:26
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ ބަޖެޓް
ބަޖެޓް މަސައްކަތްކުރާނީ އާ ސަރުކާރުގެ ސިޔާސަތުތައް ހިމެނޭ ގޮތަށް: ފިނޭންސް މިނިސްޓްރީ
ބަޖެޓްގެ ބޭސްލައިން މަސައްކަތްތައް ދަނީ ކުރަމުން
އޮކްޓޫބަރު 31 ވަނަ ދުވަހުގެ ކުރިން ބަޖެޓް ހުށަހަޅަންޖެހޭ

ބަޖެޓްގެ ބޭސްލައިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ބަޖެޓުގައި ހިމަނާނެ އާ އުސޫލުތައް ހިމަނާނީ އާ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އައު ބަޖެޓުގެ ބޭސްލައިން އިވެލުއޭޝަންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އާ ޕޮލިސީތައް ހިމަނާނީ ކޮން ގޮތަކަށްތޯ ނިންމުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެކަންކަން ކުރުމުގައި އާ ސަރުކާރަށް ވަގުތު ދީގެން އެކަންކަން ކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ، ބަޖެޓުގެ މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަނޑައެޅިފައިވާ ތާރީހަށް ފޮނުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އޮކްޓޫބަރު 31 ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަންޖެހެއެވެ.

ކޮންމެ މަލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް