ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 21:58
މުއިއްޒު އިންތިޚާބުގައި ވޯޓުލައްވަނީ
މުއިއްޒު އިންތިޚާބުގައި ވޯޓުލައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބު 2023 ޑރ. މުއިއްޒު ކާމިޔާބު ކުރައްވައިފި
 
މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 18 ހާހެއްހާ ވޯޓުގެ ތަފާތަކުން
 
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި އިންތިޚާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވީ 128,000 އަށްވުރެ ގިނަ ވޯޓު
 
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދެއްވީ މުއިއްޒު

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒުއާ ވާދަކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހާއެވެ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 18 ހާހެއްހާ ވޯޓުގެ ތަފާތަކުންނެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި އިންތިޚާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވީ 128,000 އަށްވުރެ ގިނަ ވޯޓެވެ. އަދި ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ 110,000 އަށްވުރެ ގިނަ ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދެއްވީ މުއިއްޒުއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު 86 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
11%
11%
56%
0%
22%
ކޮމެންޓް
ގުޅުންހުރި