ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 17:23
އިބޫއަށް ތާއިދުކޮށް ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވުމުގެ ހަރަކާތުގެ ތެރެއިން
އިބޫއަށް ތާއިދުކޮށް ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވުމުގެ ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބް 2018
އިބޫއަށް ތާއިދުކޮށް ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީ ގައި ޓެކްސީ ދުއްވައިފި
މި ހަރަކާތުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ވަނީ ބައިވެރިވެފައި
ގިނަ ފަރާތްތަކުން ދަނީ އިބޫ އަށް ތާއިދުކުރާކަން ދަނީ ހާމަކުރަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއިދުކޮށް ގިނަ އަދަދެއްގެ ޓެކްސީ ޑްރަވައިރުންތަކެއް ބްރިޖްމަތީ ގައި ޓެކްސީ ދުއްވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ. ހަރަކާތް ނިންމާލުމަށް ފަހު ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ޓެކްސީ ޑްރައިވަރުން ބުނީ އެ ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންތަކެއް ބޭނުންވި ކަމަށާއި އެހެންނަމަ ވެސް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ނަގާފައި ހުރި ޓެކްސީތަކަށް އެ ހަރަކާތުގައި ބައިވެރިވުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޓެކްސީ ޑްރައިވަރުންނަށް މިނިވަންކަން ލިބެން އޮތީ އިބޫ އަށް ވޯޓުލައިގެން ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް މި ސަރުކާރުން ވަރަށް ބޮޑެތި އުނދަގޫ ޖައްސާފައިވާ ކަމަށެވެ.

"ޓެކްސީ ޑްރައިވަރުންނަށް މިނިވަންކަން އޮތީ ކެންޑިޑޭޓް ނަންބަރު 2 އަކަށް ވޯޓުދީގެން މިނިވަންކަން އެއީ. ޓެކްސީ ޑްރައިވަރުންގެ އެތައް ބައިވަރު އަސާސީ ހިދުމަތްތައް މި ސަރުކާރުން ވަނީ ހުއްޓުވާފައި. މަގުމަތީގައި ސްޓިކާ ޖެހުން "ފްރީ" ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި. އަދި ޕާކިންގް ޒޯން ނުދައްކާ ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވި. އެހެންކަމުން އަޅުގަނޑުމެންނަށް މި އޮތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ބައެއް ޑްރައިވަރުން އެބަހުރި 3000 ރުފިޔާއިން އަދި 4000 ރުފިޔާއިން ޖޫރިމަނާކޮށްފައި. ޓެކްސީ ބޯޑު ވެސް "ފްރީ" ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި. އެހެންކަމުން ހުރިހާ ޑްރައިވަރުން ވެސް ބޭނުން ވަނީ އިބޫ އަށް ވޯޓުދިނުމަށް" ޓެކްސީ ޑްރައިވަރެއް ބުންޏެވެ.

ޓެކްސީ ޑްރައިވަރުން އިބޫއަށް ތާއީދު ކުރާކަން ހާމަކޮށްފައި ވާއިރު މީގެ ދުވަސްކޮޅެއް ކުރިން ރަށްރަށުގައި އާއި މާލޭގައި ތިބި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންތަކެއް ވަނީ ފާޅުގައި ނިކުމެ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. އަދި ސްކޫލްތަކުގެ ޓީޗަރުން ވެސް ގެންދަނީ އިބޫ އަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް