ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:02
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގްމޭޓް ފައިސަލް ނަސީމް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގްމޭޓް ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ކެމްޕޭން ދަތުރުތަކުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފައިސަލް ޝުކުރު އަދާކުރައްވައިފި
ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ޝުކުރު ދަންނަވަން

ކެމްޕޭން ދަތުރުތަކުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންގްމޭޓް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

ހުކުރު ދުވަހު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕޭން ދަތުރުތަކުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޤާނޫނަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާން މާހައުލެއް، ޤާއިމުކޮށް، ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮމާންކޮށް ގެންދެވޭނެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ފައިސަލް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަތޮޅު ތަކަށް ކުރެއްވި ކެމްޕެއިންގެ އެންމެ ފަހު ދަތުރުފުޅު އިބޫ އާއި ފައިސަލް ނިންމަވާލެއްވީ ޏ. ފުވައްމުލަކާއި އައްޑޫ ސިޓީ އިންނެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ބާއްވާ ކެމްޕޭން ނިންމުމުގެ ހަރަކާތް ޕެރޭޑެއްގެ ގޮތުގައި ބޭއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ނިންމާފައެވެ.

އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތަކީ ހޮނިހިރު ދުވަހުގެ ހަވީރު 6 ޖެހުމާ ހަމައަށެވެ.

 

 

 

 

- ކޮމެންޓް