ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:08
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓްގެ ކޮޕީއެއް ނުދޭން ތިއުޅެނީ ކީއްވެތޯ: މާރިއާ
ދެ ކެންޑިޑޭޓުން ސޮއި ކުރެއްވި ވޯޓަރސް ލިސްޓް ކެންޑިޑޭޓުންނަށް ލިބެންޖެހޭ
އެ ލިސްޓު އޮޅުވާލަން މަސައްކަތް ކުރުން ފިޔަވާ، އެ ލިސްޓް ނުދޭންވީ ސަބަބެއް ނެތް
ޕީޕީއެެމްގެ ކަންބޮޑުވުމެއް ނުފެނޭ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ސޮއި ކުރައްވާފައިވާ ވޯޓާސްލިސްޓް ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަންބުޑުވުން ފާޅުކޮށްފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ސޮއި ކޮށްފައިވާ ވޯޓާސްލިސްޓުގެ ކޮޕީއެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަމުދުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވޯޓާސްލިސްޓު ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ މީގެ ކުރިން ބޭއްވި އާއްމު އިންތިހާބުތަކުގައި އަމަލު ކުރަމުން އައިސްފައިވާ ގޮތް ކަމަށެވެ.

މާރިއާ ވިދާޅުވީ ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަނީ، އެ ވޯޓު ފޮއްޓަށް ވޯޓުލާން އޮތް ފަރާތެއްތޯ ބެލުމަށް އެލިސްޓަކީ ވަރަށް މުހިއްމު ލިސްޓެއް ކަމަށެވެ. އަދި ކެންޑިޑޭޓުން ލައްވާ ސޮއި ކުރުމަށްފަހު، އެ ލިސްޓު ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމީ ކޮން ސަބަބަކާހުރެކަމެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުންވެސް ރައްޔިތުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނާމެދު އިތުރަށް ޝައްކުތައް އުފެދުން ނޫންކަމެއް ނުވާނެ ކަމަށެވެ. 

ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓުގެ ކޮޕީއެއް ކެންޑިޑޭޓުންނަށް ނުދޭން ނިންމީ، އެލިސްޓް ގަޑުބަޑު ކުރަން ނުވަތަ އެލިސްޓުގައި އޮޅުވާލުންތަކެއް އޮޅުވާލުމު ނިޔަތުގައި ކަމަށްވުން އެކަށީގެންވާ ކަމަށާއި، އެނޫނިއްޔާ އެލިސްޓް ކެންޑިޑޭޓުންނަށް ފޮރުކޮށްދިނުމަށް އިންކާރު ކުރަންޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތް ކަމަށް މާރިއާ ވިދާޅުވި އެވެ.

ވޯޓާސްލިސްޓާއި، ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ކަމަށް ދެކެވެމުންދާ ވާހަކަތަކާއި އަދި އިންތިހާބާ ގުޅޭގޮތުން ރައްޔިތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުން ހިންގާ ޕީޕީއެމުން ކަންބޮޑުވުން ފާޅު ކުރަމުން ނުދާތީ އެކަންވެސް މާރިއާ ވަނީ ފާހަގަ ކުރައްވާފަ އެވެ. 

މާރިއާ ވިދާޅުވީ، ދެ ކެންޑިޑޭޓުން ސޮއިކުރި ލިސްޓްގެ ތިން ކޮޕީ ވޯޓުލާ މަރުކަޒު ސަރަހައްދުގައި ގެންގުޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އެގޮތުން އެއްލިސްޓް ވޯޓުލާންދާ މީހުންގެ ކިޔުގައި އޮންނައިރު، އަނެއް ލިސްޓް ވޯޓުލާ މަރުކަޒުގައި އާއްމުންނަށް ފެންނަގޮތަށް ތަތްކޮށްފައި ހުންނައިރު ތިން ވަނަ ލިސްޓް އޮންނާނީ ވޯޓުލާން ދާމީހާއަށް ވޯޓު ކަރުދާސްކޮޅު ފޯރުކޮށްދޭ މޭޒުމަތީގައި ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް