ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 16:58
ފިޝަރީސް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސް
ފިޝަރީސް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސް
މުހައްމަދު ޝަރުހާން
ރާއްޖޭގެ މަސްވެރިކަން
ރާއްޖޭގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަމެއް ނުކުރޭ: ޝައިނީ
މަސްވެރިކަން ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ
ލޭނުގެ މަސްވެރިކަން ކުރުމަށް 41 ފަރާތަކަށް ފުރުސަތު ވަނީ ހުޅުވާލާފައި

ލޭނުގެ މަސްވެރިކަމުގައި އުޅެނީ ދިވެހި ކުންފުނިތައް ކަމަށާއި އެކުންފުނިތަކުން ބޭރުގެ ބޯޓުތަކާއި މުވައްޒަފުން ގެންގުޅެންޖެހެނީ ރާއްޖޭގައި އެފަދަ މަސްވެރިކަން ކުރާ ފަރާތްތައް ނެތުމުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިން އެކި ދާއިރާތަކުން މަސްވެރިކަން ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޝައިނީ ވިދާޅުވީ، ދޮށީގެ މަސްވެރިކަމުގެ ތެރެއިން މަސްވެރިންނަށް ބޭނެނީ ކަނޑުގެ އެންމެ ތިލަ ފަށައިލައިގައި އުޅޭ މަހުގެ ބާވަތްތައް ކަމަށެވެ.

"މި ސަރުކާރުން ބޭރުގެ ކުންފުނިތަކެއް ރާއްޖޭގައި މަސް ބޭނުމަށް ފުރުސަތުދީފައެއް ނޯންނާނެ. އިދިކޮޅު ފަރާތްތަކުން ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. މަސްވެރިކަމުގެ ތެރެއިން ލިބޭ އެންމެ ރަނގަޅު ނަފާ ލިބިގެންދަނީ އަޅުގަނޑުމެންގެ މަސްވެރިކަމަކީ ސާފު ދެމެހެއްޓެނިވި މަސްވެރިކަމަކަށް ވެގެންދިއުން. އެ މައުލޫމާތުތައް ބޭރުގެ ޖަމިއްޔާތަކަށް އެމައުލޫމާތުތައް އެބަދެން." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ، ސިޔާސީ ފަރާތްތަކުން ޒިންމާދާރުކަމާއެކު ދައްކަންޖެހޭ ވާހަކަތަކެއް އެފަދަ ގޮތަކަށް ދެއްކުމުން ބޭރުގެ އެކި ޖަމިއްޔާތަކުން ސުވާލުތައް ކުރިމަތިވަމުންދާ ކަމަށެވެ. ޝައިނީ ވިދާޅުވީ، ލޭނުގެ މަސްވެރިކަން ކުރުމަށް 41 ލައިސެންސް ދޫކޮށްފައިވާއިރު އެހުރިހާ ފަރާތްތަކަކީ ވެސް ދިވެހި ކުންފުނިތައް ކަމަށެވެ.

އެހެން ނަމަވެސް ލޭންގެ މަސްވެރިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިންނަށް އައު ކަމެއް ކަމަށްވުމާއެކު އެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތައް މަދު ކަމަށް ޝައިނީ ވިދާޅުވިއެވެ. އެހެން ކަމުން ކުންފުނިތަކަށް ބޭރުގެ އެކި ގައުމުތަކުން އެފަދަ މަސްވެރިކަން ކުރުމަށް މީހުން ގެނެސްގެން މަސައްކަތް ކުރުމަށް މަޖުބޫރު ވަނީ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ލޯންގް ލައިން މަސްވެރިކަމަކީ މީގެ ކުރިންވެސް ކުރަމުންދާ ކަމެއް. ބޭރުގެ ބޯޓު ފަހަރަށް ލޯކަލައިޒްކޮށްގެންވެސް މީގެ ކުރިން ފުރުސަތު ދެވިފައިވޭ. މި ސަރުކާރުން އެކަން ހުއްޓާލާފައި ވަނީ. ފިޝަރީސް މިނިސްޓްރީން ހަދާފައިވާ ގަވައިދެއް އިންނާނެ 60 މީޓަރަށްވުރެ މަތީގައި ލޭނު އެޅުންވެސް މަނާކޮށްފައި. މިކަންތައްތައް ކޯސްޓްގާޑުން އަބަދުވެސް ދާނީ މޮނިޓަރ ކުރަމުން." ޝައިނީ ވިދާޅުވިއެވެ.

މި ޕްރެސް ކޮންޕަރެންސްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނުން ބުނީ މަސްވެރިކުމުގައި އޮތީ ވަރަށް މަދު ފުރުސަތުތަކެއް ކަމަށާއި އެގޮތުން ލޭނުގެ މަސްވެރިކަމަކީވެސް ބޮޑެތި ފައިސާތަކެއް ލިބިގެންދާނެ ފަދަ މަސްވެރިކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް