ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 04:38
ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރުގައި އިބޫ
ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރުގައި އިބޫ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ޤާނޫނުގެ ތެރެއިން ބިދޭސީން ގެންނަން ރަނގަޅު އުސޫލެއް ޤާއިމު ކުރާނަން: އިބޫ
ރާއްޖޭގައި ޤާނޫނާއި ހިލާފަށް އެއްލައްކަ އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދޭ
އެގޮތަށް ކަންތައްތައް އެ ދިމާވަނީ ހުރިހާ ބާރެއް އެއްތަނަކަށް ޖަމާކުރުމުން

ޤާނޫނުގެ ތެރެއިން ބިދޭސީން ގެންނަން ރަނގަޅު އުސޫލެއް ޤާއިމު ކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން އަންގާރަ ދުވަހުގެ ރޭ ގެނެސްދިން 'ރައްޔިތުންގެ ދަރުބާރު' ޕްރޮގްރާމުގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދާއި ހިލާފަށް އެއްލައްކަ އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދާ ކަމަށާއި އެގޮތަށް ކަންތައްތައް އެ ދިމާވަނީ ހުރިހާ ބާރެއް އެއްތަނަކަށް ޖަމާކުރުމުން ކަމަށެވެ. ވަރކްޕަރމިޓް ޕްރޮސެސް ކުރުމަކީ އިމިގްރޭޝަންގެ ދައުރެއް ނޫން ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އިމިގްރޭޝަން މެދުވެރިކޮށް ވަރކްޕަރމިޓް ޕްރޮސެސް ކުރެވޭ ކުރުން ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ބިދޭސީން ގެނެވެނީ ހަމައެކަނި ވަކި އޭޖެންސީތައް މެދުވެރިކޮށްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ނާޖާއިޒު ފައިދާ ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ޕްރޮސެސް އޮންނަ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ހުއްޓި، ބިދޭސީން ގެންނަން ބޭނުންވާ މީހުންނަށް ދަތި އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޤާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖޭން ފޮނުވާލާނެ ކަމަށެވެ. އެހެންނަމަވެސް އެކަމަކީ ދުވަސް ނަގާނެ، އުނދަގޫ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް