ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 07:48
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ހދ. ނޮޅިވަރަންފަރަށް ވަޑައިގަތުން
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ހދ. ނޮޅިވަރަންފަރަށް ވަޑައިގަތުން
ރާއްޖެއެމްވީ
ރުށްކެނޑި ޖަގަހަ
ހދ. ނޮޅިވަރަންފަރުގައި 'ރުށްކެނޑި' ނަމުގައި ޖަގަހައެއް ހުޅުވައިފި
ޖަގަހަ ހުޅުއްވައިދެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ)

ހދ. ނޮޅިވަރަންފަރުގައި "ރުށްކެނޑި" ގެ ނަމުގައި އެމްޑީޕީގެ ޖަގަހައެއް އާދިއްތަ ދުވަހު ހަވީރު ހުޅުވައިފިއެވެ.

މި ޖަގަހަ ހުޅުއްވައި ދެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. ޖަގަހަ ހުޅުއްވުމަށް އެ ރަށަށް ވަޑައިގެން މުހަންމާ ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.

އެ ޖަގަހަ އަށް "ރުށްކެނޑި" ޖަގަހައިގެ ނަމުން ނަން ދީފައި ވަނީ އެ ރަށުގެ ރުކަކަށް ނަގާފައި ހުރި އެމްޑީޕީގެ ބޮޑު ދިދައެއް ފުލުހުން ގޮސް ބަލަން އުޅުމުން، އެ ދިދަ ނުބޭލުމުން އެ ރުށް ފުލުހުން ކަނޑާލުމުން އެކަމާއި ގުޅުވައިގެންނެވެ.

ހދ. ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލާފައިވަނީ މި އަހަރުގެ މާރޗް 26 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލިތާ އޭގެ ދެ ދުވަސް ފަހުން އަނެއްކާ ވެސް އެމްޑީޕީ އިން ވަނީ އެރަށު އެހެން ރުކަކަށް އެ ޕާޓީގެ ދިދައެއް ނަގާފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ގަސްކަރަމަތީގައި ނަގާފައިވާ އެމްޑީޕީ ދިދަތައް ފުލުހުން ވަނީ މިއަހަރުގެ ކުރީ ކޮޅުގައި ތިރި ކޮށްފައެވެ. އަދި އެންޓަނާތަކާއި އުސް އިމާރާތްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދަތައް ފުލުހުން ނަގަމުން ދިޔައީ ހޯމް މިނިސްޓްރީން ހެދި ގަވާއިދެއްގެ ދަށުންނެވެ. އެ މިނިސްޓްރީން ހެދި ގަވާއިދުގައި ބުނެފައިވާ ގޮތުން، ގައުމީ ދިދައަށް ވުރެ މައްޗަށް އެހެން ދިދައެއް ނުނެގޭނެ އެވެ. އެ ޤަވާއިދު ހަދާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 18:36
މެޑަމް އައިޝާ
ތި ތާކު ނެތް މާކަމުދާ ބައެއް