ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 00:09
ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކުޑަހުވަދޫ އަރބަން ސެންޓަރަކަށް ހަދައި، ތަރައްޤީ ކުރާނަން: އިބޫ
ދ. ހުޅުދެލި އަދި ރިނބުދޫއަށް ކޮށްދެއްވާނެ ކަންކަންވެސް އިބޫ ހާމަކުރެއްވި

ދ. ކުޑަހުވަދޫ އަރބަން ސެންޓަރަކަށް ހަދައި، ތަރައްޤީކޮށްދެއްވާނެކަމަށް ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ. 

ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވަނީ ކުޑަހުވަދޫއަށާއި، ދ. އަތޮޅަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންކަން ފާހަގަކޮށް އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކައުންސިލްތައް ބާރުވެރިކޮށް، މާލީ ތަނަވަސްކަންދީ، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަރބަން ސެންޓަރުތަކެއް ޤާއިމްކުރެވިގެންދާނެކަން ފާހަގަކޮށް އިބު ވިދާޅުވީ އެ ތަންތަނުން ރަނގަޅު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. 

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން އިބޫ ވިދާޅުވީ އޭގެތެރެއިން ޤާއިމްކުރާ އެއް އަރބަން ސެންޓަރަކަށް ކުޑަހުވަދޫ ވެގެންދާނެ ކަމަށެވެ. އަދި އެއާއެކު ކުޑަހުވަދޫއަށް ބޭނުންވާ ތަރައްޤީ މަޝްރޫއުތައް ހުރިކަން ފާހަގަކޮށް އިބޫ ވިދާޅުވީ ކުޑަހުވަދޫގައި ކޮމަރޝަލް ހާބަރެއް ޤާއިމްކޮށް، ރަނގަޅު ސިއްހީ ހިދުމަތާއި ސުކޫލާއި، އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ކުޑަހުވަދޫގައި ޤާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. 

"ނުހެދި ހުރި މަގުތައް އިރާދަކުރެއްވިޔާ ހެދިގެންދާނެ. އަދި ކުޑަހުވަދޫއަށް ބަދަލުވި ވާނީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ސަރުކާރުންދޭން ވައުދުވެފައިވާ ބަދަލު ލިބިފައިނުވާތީ، ސަރުކާރުން ދޭނެކަމަށް ބުނެ 50000 ރުފިޔާ ކޮންމެ ގެޔެކަށް އަދި ލިބިފައެއް ނުވޭ. ވެރިކަމުގެ 1 އަހަރުގެ ތެރޭގައި އެކަން ނިމިގެންދާނެ"

ދ. އަތޮޅުގެ އެހެން ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން އިބޫ ވިދާޅުވީ. ރިނބިދޫގައި ބަނދަރާއި، ބޭރު ތޮށި ރަނގަޅު ފެންވަރަކަށް ހައްދަވައި، ނަރުދަމާގެ ހިދުމަތް ޤާއިމްކުރައްވާނެ ކަމަށެވެ. އަދި އެ ރަށުގައި ފެނުގެ ހިދުމަތްވެސް ޤާއިމްކުރެވިގެންދާނެކަމަށް އިބޫ ވިދާޅުވި އެވެ. އޭގެއިތުރުން ރިނބިދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުުރައްވާނެކަމަށް އިބޫ ވިދާޅުވި އެވެ. 

"ހުޅުދެލީގައިވެސް ފެނާއި ނަރުދަމާ ޤާއިމްކުރާނަން. ބަނަދަރު ބޮޑުކޮށް، ބިމުގެ ދަތިކަން ދިމާވެފައިވާ ރަށަކަށްވާތީ ބިން ހިއްކައި އެކަން ހައްލުކޮށްދޭނަން"

އިބޫ ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ރައްޔިތުން ތިބި ގޮތް ސާފުވެވަޑައިގެންފައިވާކަމަށެވެ. އަދި ރައްޔިތުން ތިބީ ސެޕްޓެމްބަރު 23 އަށް ތައްޔާރަށްކަން ފާހަގަކޮށް އިބޫ ވިދަޅުވީ އިންސާފުވެރި އިންތިހާބެއް ހޯދަން ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް