ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 23:17
ހިޔަލީ ކުރީގެ ރައީސް ނަޝީދާއި ބައްދަލުކުރެއްވުން
ހިޔަލީ ކުރީގެ ރައީސް ނަޝީދާއި ބައްދަލުކުރެއްވުން
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ހިޔަލީގެ ދަރިފުޅު ރާއީ ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި
ރާއީ މަގާމުން ވަކިކުރީ ހޮނިހިރު ދުވަހު

ރައީސް އަބްދުﷲ ޔާމީންގެ ގާތް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށްފަހު ދާދިފަހުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ އަށް ތާއީދު ކުރެއްވި ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅު ރާއީ ރަޝީދު އައްޔަންކޮށްފައިވާ ދައުލަތުގެ މަޤާމުން ކުއްލިގޮތަކަށް ވަކިކޮށްފިއެވެ.

ރާއްޖެއިން ފިލިޕީންސަށް ކަނޑައަޅާފައި ހުންނެވި ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމުން އޭނާ ވަކިކުރިކަން ރައީސް އޮފީހުން އެންގީ ހޮނިހިރު ދުވަހުއެވެ.


ރައީސް އަބުދުﷲ ޔާމީނާއި ވަރަށް ގާތް އަރިސް ބޭފުޅެއް ކަމަށްވާ ހިޔަލީ މުހައްމަދު ރަޝީދުގެ ތާއީދު ރިޔާސީ އިންތިހާބުގައި އޮތީ އިބޫއަށް ކަން ހާމަކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
އިބޫ އާއި ބައްދަލުކުރައްވާ ފޮޓޮއެއް ޓްވިޓަރ ޕްރޮފައިލަށް ލެއްވުމަށް ފަހު، ހިޔަލީވަނީ އިބޫގެ ކެންޑިޑޭޓް ނަމްބަރުކަމަށްވާ "2" ޖައްސަވާފައި ޓްވިޓެއް ކުރައްވާފައެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ހިތަދޫ މެދުދާއިރާއަށް ވާދަކުރެއްވި ހިޔަލީ އިބޫއަށް ތާއީދު ކުރެއްވިކަން ހާމަކުރެއްވި އިރު ޓްވިޓަރގެ ކަވަރ ފޮޓޮއަކަށް ލައްވާފައިވަނީ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދެ ކަނބަލުންގެ ފޮޓޯފުޅެކެވެ.

ހިޔަލީ އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ތާއީދު ކުރެއްވި އިރު ދާދިފަހުންވަނީ ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައެވެ. އަދި މިހާތަނަށް މިސަރުކާރާއި އެކު ތިއްބެވިކަމަށް ބެލެވުނު ރައީސް މައުމޫނުގެ ގާތް ގިނަ އެކުވެރިންވެސް މިހާރު ގެންދަވަނީ އިދިކޮޅު ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް