ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 22:30
ޕޮލިސް ލައިން
ޕޮލިސް ލައިން
މުހައްމަދު ޝަރުހާން
ތޫނު އެއްޗަކުން ހަމަލާދިނުން
ފުވައްމުލަކުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ހަމަލާދީފައިވަނީ ފިރިހެނަކަށް

ފުވައްމުލަކު ސިޓީގައި ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަލާދީފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނަކަށް ކަމަށާއި ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވަނީ މިރޭ 20:21 ހާއިރު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ މީހާ އަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އެ މީހާގެ ކަރަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް