ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 08:34
ޕީޕީއެމް އަށް ނިސްބަތްވާ ހިންނަވަރު ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އިބޫއާ ފޯމް ހަވާލުކުރައްވަނީ
ޕީޕީއެމް އަށް ނިސްބަތްވާ ހިންނަވަރު ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އިބޫއާ ފޯމް ހަވާލުކުރައްވަނީ
ރާއްޖެ އެމްވީ
ރިޔާސީ ރޭސް 2018
ހިންނަވަރު ޕީޕީއެމްގެ ދެ ކައުންސިލަރުން އެމްޑީޕީއަށް
އިބޫ ވަނީ އަލަށް ގުޅުނު ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި

ހިންނަވަރު ރަށު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްއަށް ނިސްބަތްވާ ދެ ކައުންސިލަރުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއިދު ކުރަން ނިންމަވައި، އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ. 

އިބޫގެ އުފަން ރަށުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވީ ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން އަދި އިބްރާހިމް އާތިފެވެ. ރިޝްވާނަކީ ދެ ދައުރެއްގައި އެމްޑީޕީ ކައުންސިލަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، މިހާރު ހިނގަމުންދާ ދައުރަށް ޕީޕީއެމް ޓިކެޓުގައި ނިކުންނަވައި އިންތިހާބު ކާމިޔާބު ކުރެއްވި ކައުންސިލަރެކެވެ. ރަށު ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން މިހާރު އެމްޑީޕީގެ ދެ ކައުންސިލަރުން ތިއްބަވާ އިރު އަތޮޅު ކައުންސިލްގައި މިހާރު ތިއްބަވާ ހުރިހާ ކައުންސިލަރުންނަކީ ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނެވެ. 

އިބޫ ވަނީ އެ ދެ ކައުންސިލަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. 

އެމްއޭސީއެލް ބޯޑުގައި ހިމެނިވަޑައިގެއްނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ވެސް އިބޫ އަށް ތާއިދު ކުރައްވަން ނިންމަވައި، މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަހްމަދު ޝަރީފަކީ ހިންނަވަރަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އިބޫއާ ވާދަކުރައްވާފައެވެ. އިބޫ ވިދާޅުވީ އަހުމަދު ޝަރީފް އަބްދުއްރަހްމާން ސިޔާސީ ފިކުރު އެކަހެރިކޮށް ނުކުމެވަޑައިގެންނެވީ މި ގައުމު ސަލާމަތްކުރެއްވުމަށްޓަކައި ކަމަށެވެ.  

އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކައުންސިލަރަކާ އިބޫ ސަލާމްކުރައްވަނީ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ސެޕްޓެންބަރ 2018 | ހޮނިހިރު 18:48
ހ މ ޒ
ސަރުކާރާ އިދިކޮޅު ކޯލިޝަންގެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ އުފަން ރަށުގައި އެތައް އަތޮޅަކުން ސަޕޯޓަރުން ގެންގޮސްގެން ބޭއްވި ޖަލްސާއިން ސާބިތުވެގެންދިޔައީ ހިންނަވަރާއި، މުޅި ޅ. އަތޮޅުގެވެސް ތާއީދު އޮތީ ރައީސް ޔާމީނަށްކަން ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.