ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 07:14
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ނާދިރާ ވާހަކަ ދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ނާދިރާ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ރައީސް މައުމޫނާމެދު ނުބައި ތަސައްވުރެއް އުފެއްދީ މި ސަރުކާރުން: ނާދިރާ
ރައީސް މައުމޫނާއި މެދު އަމަލުކުރެވުނު ގޮތް އެޕާޓީގެ ހަގީގީ މެންބަރުންނަށް ކިޔައިދިނުމުން ކަރުނަ އެޅިކަމަށް ވިދާޅުވި

ރައީސް މައުމޫނާމެދު ނުބައި ތަސައްވުރެއް އުފެއްދީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުން ކަމަށް މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި ނާދިރާ ވިދާޅުވީ ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލުމަށް ކޯޓަށް ދަމައި އަނިޔާ ދިންކަމަށެވެ. އަދި ޕީޕީއެމްގެ އަސްލު ހަގީގީ މެންބަރުންނަށް ރައީސް މައުމޫނާއި މެދު އަމަލުކުރެވުނު އިހާނެތި ގޮތްތައް ކިޔައިދެއްވި ބައެއް ފަހަރު އެމަނިކުފާނުގެ ލޯފުޅުން ކަރުނަ ފޭބިތަން ދެކެވަޑައިގެންނެވި ކަމަށް ނާދިރާ ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ އުމުރުފުޅު އައްޑިއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެ މަނިކުފާނު ޖަލަށް ލުމަށް ހުކުމް އިއްވީ، ފުލުހުންގެ ތަހްގީގަށް ފޯނު ނުދެއްވި ކަމަށް ކުރި ތުހްމަތާ ގުޅިގެން، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގަ އެވެ. ​​​​

ނާދިރާ ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ގޮފިތައް ހަލާކުކުރީ މުލިއާގޭގައި މަސައްކަތް ކުރެއްވި އަންހެނަކު އިސްކޮށް ހުންނަވައިގެންކަމަށެވެ. ގޮފިތައް ރޫޅާލައި ޕާޓީ ވީދައި ކުދިކޮށްލި ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް ބެލުމެއް ނެތި އެކި އެކި ޖަރީމާ ހިންގަމުން ދިޔަކަމަށް އޭނާ ތުހްމަތުކުރެއްވެވި އެވެ.

"އަސާސީ ގަވާއިދުގައި ހުންނާނީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންކަން. އެގޮތުން މި ފަސްގަނޑު ބޭރުގެ ބަޔަކަށް ނުވިއްކޭނޭ ސާފު ބަހުން އޮންނާނެ. މި ފަސްގަނޑުގައި ދިވެހިންގެ ބާރު ނޫން އެހެން ބޭރުގެ ބައެއް އަތްގަދަ ނުކުރެވޭނެކަމަށް އޮންނާނެ،" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ބިން ވިއްކުމަށް ގާނޫނު ފާސްކުރީ ރައީސް މައުމޫނު އެކަން ނުކުރެއްވުމަށް އެތައް ގޮތަކުން އާދޭސް ދަންނަވަމުން ގެންދަވަނިކޮށް ކަމަށެވެ. އެގޮތުން މެސެޖުންނާއި ސިޓީއިން އެންގުމުންވެސް އެކަމަށް ތަބާނުވި ކަމަށެވެ. އެ ބިލަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ފިޔަވާ ޕިޕީއެމްގެ ހުރިހާ މެންބަރުން ވޯޓް ދެއްވި ކަމަށް ނާދިރާ ވިދާޅުވިއެވެ.   

"އެކަން ކަމަށް ބީރު ކަންފަތެއް ދިނީ އެމަނިކުފާނު ލޯބިފުޅުވާ ޕާޓީގެ ޕާލަމެންޓްގެ މެންބަރުން،" ނާދިރާ ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރައީސް މައުމޫނަށް ތާއީދުކުރާ ގިނަ ބައެއްގެ ތާއީދު ކޯލިޝަން ކެނޑިޑޭޓަށް އިބޫއަށް ވޯޓް ދޭނެކަމަށް ނާދިރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް