ކ. މާލެ
|
7 ސެޕްޓެންބަރ 2018 | ހުކުރު 19:02
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތްދޭ ކައުންޓަރުކައިރީ: ބިދޭސީން ގެނައުމުގެ ކުރިން ފޯމް އީމެއިލް ކުރަން ޖެހޭ ގޮތަށް ވަނީ ހަމަ ޖައްސާފައި -- އިމިގްރޭޝަން
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތްދޭ ކައުންޓަރުކައިރީ: ބިދޭސީން ގެނައުމުގެ ކުރިން ފޯމް އީމެއިލް ކުރަން ޖެހޭ ގޮތަށް ވަނީ ހަމަ ޖައްސާފައި -- އިމިގްރޭޝަން
އިމިގްރޭޝަން
އިމިގްރޭޝަންގެ ނޫސް ބަޔާން
ސިޔާސީ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ވިސްނާ ބިދޭސީންގެ ވިސާ ކެންސަލްކުރާނަން
އެއްވެސް ސިޔާސީ ހަރަކާތެއްގައި ބިދޭސީން ބައިވެރިވެގެން ނުވާނެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވާކަމުގައިވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ހުކުރު ދުވަހު އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަމުގައިވާނަމަ ވިސާ ދޫކުރުމުގެ ޝަރުތުތާކައި އެ ފަރާތަކުން ހިލާފުވެފައިވާ ކަމަށާއި އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ވިސްނާ ބިދޭސީންގެ ވިސާ ކެންސަލްކޮށް ރާއްޖޭއިން ފުރުވާލާނެކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ.

މީގެ އިތުރުން ބިދޭސީ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރާނަމަ ވަޒީފާ ދިން ފަރާތާއި މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
7 ސެޕްޓެންބަރ 2018 | ހުކުރު 15:53
huvadu
ehenvehjeyyaa furathamaves kuran vee kamakee maamigilee school ge beyru teacharunge mahsala balaa fiyavalhu alhaavee. kereynama mikankohbala