ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 17:46
ޕާކިސްތާނާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން
ޕާކިސްތާނާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން
ސޯޝަލް މީޑިއާ
ސާފް ސުޒުކީ ކަޕް 2018
ސާފް ސުޒުކީ ކަޕް: ނޭޕާލް އަތުން ޕާކިސްތާން މޮޅުވެއްޖެ
ޕާކިސްތާނު މޮޅުވީ 2-1 އިން

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕްގައި ނޭޕާލް އަތުން ޕާކިސްތާން މޮޅުވެއްޖެއެވެ. 

ބަންގްލަދޭޝްގައި އަންގާރަ ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 2-1 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްފައެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކުރިއިރު މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕާކިސްތާނަށް ޖަހައިދިނީ މުހައްމަދު ރިޒާއެވެ. ޕާކިސްތާނު ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ނޭޕާލުން ނަތީޖާ އެއްވަރުކުރި 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ބިމަލް ގަރްތީއެވެ. ޕާކިސްތާނު މެޗުން މޮޅުވި ލަނޑު އެޓީމަށް އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ މުހައްމަދު އަލީއެވެ. 

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައި ވަނީ އިންޑިއާ އަދި ސްރީ ލަންކާއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ބޫޓާންއެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. 

- ކޮމެންޓް